ކޮރޮނާ ވައިރަސްއަށް ޝައްކުކުރެވޭ އެއްވެސް މީހަކު ނައިފަރަށް ގެނެވިފައެއް ނުވޭ!: ކައުންސިލުގެ ރައީސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ކޮރޮނާ ވައިރަސްއަށް ޝައްކުކުރެވޭ އެއްވެސް މީހަކު ނައިފަރަށް ގެނެވިފައެއް ނުވޭ!: ކައުންސިލުގެ ރައީސް

ކޮރޯނާ ވައިރަސް އަށް ޝައްކުކުރެވި ޓެސްޓްކުރަން ޖެހޭ ބައަކު ކުރެއްދޫ އައިލަންޑް ރިޒޯޓުގައި ތިބި ނަމަވެސް އެފަދަ އެއްވެސް މީހަކު ނައިފަރަށް ގެނެވިފައި ނުވާ ކަމަށް ނައިފަރު ކައުންސިލުން ބުނެފިއެވެ. 

ނައިފަރު ކައުންސިލުން މިފަދަ ބަޔާނެއް ޢާންމުކުރީ ކުރެއްދޫ ރިޒޯޓުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިއަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވުމާއި އަދި އޭނާ ބަލިވެގެން ދެއްކި ޑޮކްޓަރުގެ ކިބައިން ޝައްކުކުރެވޭ ޢަލާމާތްތަކެއް ފެނިފައިވާ ކަމުގެ މައްސަލައެއް ފެންމަތިވެ ނައިފަރުގެ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް ކަންބޮޑުވުން އުފެދިފައިވާ ވަގުތެއްގައެވެ. 

ކައުންސިލުގެ ބަޔާން: 

ކުރެއްދޫ އައިލެންޑް ރިސޯޓްގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ތެރެއިން މިވަގުތު ރަށުގައި ތިއްބެވި ފަރާތްތަކާއި މިތަނުން އެއްވެސް ފަރާތަކާއި ކޮންޓެކްޓްވެފައިވާ ފަރާތަކަށް ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރިކަން ފާހަގަ ކުރެވިއްޖެނަމަ ޅަވިޔަނި އަތޮޅު ހޮސްޕިޓަލްގެ ނަމްބަރު 6620048 އަށް ގުޅުއްވައި މައުލޫމާތު ޙިއްޞާ ކޮށްދެއްވުން އެދެން. 

އަދި މިފަދަ ފަރާތްތަކުން، ހޮސްޕިޓަލްގެ ފަރާތުން ވަކި ޖަވާބެއް ލިބުމުގެ ކުރިން ޢާންމުންގެ ތެރެއަށް ނުނިކުތުމަށްވެސް އިލްތިމާސްކުރަން. 

އަދި ހަމަ އެހެންމެ، މިބައްޔަށް ޝައްކުކުރެވޭ އެއްވެސް ފަރާތެއް ނައިފަރަށް ގެނެވިފައިނުވާކަން މައުލޫމާތަށްޓަކައި ޙިއްސާކުރަން" 

ނައިފަރުގެ ގިނަ ބައަކު ކޮންމެ ދުވަހަކު ވެސް ރިޒޯޓު ކުނިކެހުމަށާއި އެހެނިހެން މަސައްކަތްތަކަށް ކުރެއްދޫއަށް ދެއެވެ. ބުރާސްފަތި ދުވަހުވެސް ދިއައެވެ. މި މައްސަލަ ކުރިމަތިވިއިރު ކުރެއްދޫއަށް ވަޒީފާއަށްދާ ނައިފަރު ރައްޔިތުންގެ އިތުރުން ރިޒޯޓުގައި ވަޒިފާއަދާކުރާ ބިދޭސީ ގިނަ ބައަކުވެސް ނައިފަރުގައި އެބަތިބިކަން ވަނީ އެނގިފައެވެ.

 

މިއަދު އޮންލައިން