އިންތިހާބު ފަސްކުރަން އަދި ނުނިންމަން: އީސީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
އިންތިހާބު ފަސްކުރަން އަދި ނުނިންމަން: އީސީ

ކޮރޯނާ ވައިރަސް އާއި ގުޅިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރަން އަދި ނުނިންމާކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.

އީސީން މިހެން ބުނެފައިވާއިރު، ކޮވިޑް19 އާ ގުޅިގެން އިންތިހާބުވެސް ފަސްކުރަން ޖެހިއްޖެ ނަމަ ފަސްކުރާނެ ކަމަށް ކޮވިޑް19 އާ ގުޅިގެން ސަރުކާރުން އެކުލަވާލި ޓާސްކް ފޯސްއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން އެކޮމިޝަނުގެ ނައިބު ރައީސް އަޙުމަދު އަކްރަމް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް އެއްވެސް ފަރާތަކުން އަންގާފައިނުވާ ކަމަށާއި އެއްވެސް ސިޔާސީ ޕާޓީއަކުން ވެސް އެކަމަށް އެދިފައިނުވާ ކަމަށެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އިންތިހާބު ފަސްކުރުމާމެދު ނިންމުމެއް މިވަގުތު ނެގިފައިނުވާ ކަމަށާއި ނަމަވެސް ވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހަކު ރާއްޖެއިން ފެނިއްޖެނަމަ ހާލަތު ބަދަލުވާނެ ކަމަށެވެ.

"ޔަގީންކަން ދެން އާންމުންގެ ސިއްހަތަށް ކޮމްޕްރައިމައިޒް ވާނެ އެއްވެސް ނިންމުމެއް، އެއީ އިންތިހާބު ފަސްކުރަން ޖެހިއްޖެއްޔާ އިންތިހާބު ފަސްވެސް ކުރާނެ. އެހެން ނަމަވެސް އެ ނިންމުން އަންނާނީ ހާލަތާ އެއްކޮށް" އަލީ ވަހީދު ވިދާޅުވިއެވެ.

މިއަދު އޮންލައިން