"ދަނޑުވެރި ނަފާ" ލޯން ޕްރޮގްރާމްގެ ޖުމްލަ ފަންޑުގެ %30 ދަނޑުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ އަންހެން ކަބަލުންނަށް ޚާއްސަކުރުމަށް ނިންމާފައިވާކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން ބުނެފިއެވެ. އަނެއް 70% ދޭނީ ކޮން ބައަކަށްކަން ބުނެފައެއް ނުވެއެވެ.
މިނިސްޓްރީގެ ބަޔާން:
ދަނޑުވެރިކަމުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ދަނޑުވެރިކަމުގެ ވިޔަފާރިތައް ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ އިދާރީ އަދި ފަންނީ އެހީތެރިކަން އިތުރުކުރުމުގެ ދަށުން "އަންހެން ދަނޑުވެރިންނަށް ޚާއްސަ އިސްކަމެއް ދީގެން ދޫކުރެވޭ ލޯން ޕްރޮގްރާމެއް އެސް.އެމް.އީ ޑިވޮލޮޕްމަންޓް ފައިނާންސް ކޯރޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ޑިޒައިންކޮށް ހިންގުން" ވަނީ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) ގައި ހިމަނާފައެވެ.
މިގޮތުން މިކަން ހާސިލް ކުރުމަށް މިހާރު ޤާއިމް ކޮށްފައިވާ "ދަނޑުވެރި ނަފާ" ލޯން ޕްރޮގްރާމްގެ ޖުމްލަ ފަންޑުގެ %30 ދަނޑުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ އަންހެން ކަބަލުންނަށް ޚާއްސަކުރުމަށްވެސް ވަނީ މިނިސްޓްރީން ނިންމާފައެވެ.