އިންތިހާބު ފަސްކުރުމާމެދު ޕާޓީތަކާއެކު މަޝްވަރާ ކުރަނީ!

ކިޔުމަށް ހޭދަވާނީ 59ސ
އިންތިހާބު ފަސްކުރުމާމެދު ޕާޓީތަކާއެކު މަޝްވަރާ ކުރަނީ!

ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްގެ ސަބަބުންނާއި އަދި އެ ވައިރަސް މިހާރު ދިވެހިރާއްޖެއިން ވެސް ފެނިފައިވާތީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާއި އެކުގައި ސަރުކާރުން މަޝްވަރާ ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިްގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރޭ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އިންތިހާބު ފަސްކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. ނަމަވެސް އަދި ސަރުކާރުން އެކަމަށް ގޮތެއް ނިންމާފައި ނުވާ ކަމަށް ވެސް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، އެކަމާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއި މަޝްވަރާ ކުރާނެ ކަމަށެވެ.

"އިންތިހާބަކީ ހަމައެކަނި ސަރުކާރުގެ އެއްޗެއް ނޫން ކަމަށާއި އެއީ އެތައް ބައެއްގެ ހައްގެއް. ސަރުކާރާއި ސަރުކާރުގެ ވާދަވެރި ޕާޓީތަކާއި ހުރިހާ ރައްޔިތުންގެވެސް ހައްގެއް. އަޅުގަނޑު ދެކޭ ގޮތުގައި އޭގައި ނިންމަވާނީ ކަލެކްޓިވް ޑިޒިޝަނެއް،" މިނިސްޓަރު އަލީ ވަހިދު ވިދާޅުވިއެެވެ.

މިއަދު އޮންލައިން