ޖުމެއިރާ ވިޓަވެލި ރިސޯޓުގެ ގޮނޑުދޮށުގައި ހަތަރު ފޫޓުގެ ކިނބުލެއް އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
މިކަމާގުޅިގެން އެމްއެންޑީއެފުން ބުނީ މި ކިނބޫ ފެނިގެން އެމްއެންޑީއެފް ކޯސްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް (އެމްއާރްސީސީ) ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 10:32 ހާއިރު ކަމަށެވެ.
އެހެންނަމަވެސް މި ކިނބޫ މޫދަށް ފައިބައިގެން ގޮސްފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ކިނބުލާއި 15 ފޫޓަށް ކައިރިވިތަނުން ކިނބޫ މޫދަށް ފައިބައިގެން ގޮސްފައިވާކަމަށް އެ ރިސޯޓުގެ ސްޓާފަކު މައުލޫމާތު ދީފައިވާކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.