މާލޭގެ ގެއެއްގެ ސެކިޔުރިޓީ ބަލަހައްޓަން ހުރި ދިވެހިރައްޔިތަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ
ފުލުހުން ބުނީ ފުލުހުންނަށް އެކަން ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 08:00 ހާއިރު ކަމަށާއި މިހައިތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާ ވަޒީފާ އަދާކުރަމުންދާ އޮފީހުގެ ސެކިއުރިޓީ ގާޑަކަށް އިންދާ ކަމަށެވެ.
އޭނާއަކީ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ މަރާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.