މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ބީއެޗްއެމް ޓްރޭޑަރސްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިއަދު ހެނދުނު ބީއެޗްއެމް ޓްރޭޑަރސް ހެޑް އޮފީހުގައި ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެ ފަހުމުނާމާގައި ސޮއިކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީނެވެ.

ބީއެޗްއެމް ޓްރޭޑަރސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ހެޑް އޮފް ސޭލްސް އެންޑް މާކެޓިންގ އިބްރާހިމް ޝަރީފެވެ.މި ފަހުމުނާމާގެ ދަށުން، ފުލުހުން ދެމުންދާ ސެކިއުރިޓީ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ފުލުހުންގެ ފަރާތުން ސެކިއުރިޓީ ބޭނުންވާ ހާލަތްތަކުގައި ސެކިއުރިޓީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.