ރޮނގު ނެތް ކަންމަތީގަ ހުންނަ ސައިކަލުގަ ސްޓިކާ ޖަހާފަ ރޮނގުދެމި ކަންމަތީގަ ހުންނަ ސައިކަލުގަ ނުޖަހަނީ ވެސް އިންޞާފުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ރޮނގު ނެތް ކަންމަތީގަ ހުންނަ ސައިކަލުގަ ސްޓިކާ ޖަހާފަ ރޮނގުދެމި ކަންމަތީގަ ހުންނަ ސައިކަލުގަ ނުޖަހަނީ ވެސް އިންޞާފުން!

އައިޖީއެމްއެޗް ކައިރިން އެފްއެސްއެމް ފިޔުލްޝެޑް ކަންމަތީގައި ހުރި 2 ސައިކަލެއްގައި މިއަދު ހެނދުނު 9.45 ހައިއިރު ސްޓިކާޖެހީ ޕާކު ނުކުރެވޭނެކަން އަންގާ ރޮނގު ނެތިއެވެ. ފުލުހުން ބުނީ ކަންމަތީގައި ހުރުމުން ޖެހީ ކަމަށެވެ.

ޤަވާއިދު ބުނަނީ ޕާކްކުރަން ޖެހޭނީ ކަންމައްޗާއި 25 ފޫޓު ދުރުގައި ކަމަށެވެ. އެ ޤޢަވާއިދު ބާޠިލުކުރިކަން އަންގާފައެއް ނުވެއެވެ. ހަމައެކަނި ސަރުކާރުން ކުރިކަމަކީ ސަރުކާރު މުއްސަނދިކުރަން ކަންމަތީގައި ވެސް ޕާކުކުރަންޖެހޭ ވަރަށް އުޅަނދު އެތެރެކުރަމުން ދިއުމެވެ. އަދި މިހާރުވެސް އެތެރެކުރަމުން ދާކަމެވެ.

ސުވާލަކީ ރޮނގު ނެތް ކަންމައްޗެއްގައި ހުރި ސައިކަލުތަކުގައި ސްޓިކާ ޖަހާފައި 2 ފުލުހުން ސައިކަލުގައި އަމީނީމަގުން އައިސް ހައުސިންގ މިނިސްޓްރީ ކައިރިން ދިއައިރު އެމިނިސްޓްރީ ކައިރީގައި ރޮނގުދެމި ކަންމަތީގައި ހުރި ޚަބަރުގައިވާ ފޮޓޯ އިން ފެންނަ މިސައިކަލްތައް އެ ދެ ފުލުހުންނަށް ނުފެނުނީހެއްޔެވެ؟ ނޫނީ ހައުސިންގ މިނިސްޓްރީ ކަންމަތި ވީމާ އަބުއިކަން ބޮޑުވެ ގާތްވާން ނުކެރުނީހެއްޔެވެ؟

މިފޮޓޯ ނަގާފައި އެވަނީ 2 ފުލުހުން ސަރަހައްދު ހުރަސްކުރިތާ 2 މިނިޓްތެރޭގައެވެ. ސަރުކާރުން ކުރާ ކަންކަން އެއްވެސް އިމެއް، ހަމައެއް ލަމައެއް ނުބަލައި މިހައި ތަފާތުބޮޑުކޮށް ކުރަމުން ގެންދިއުމަކީ އިންޞާފު ކަމނަކަށް ނުވާނެއެވެ. ސްޓިކާ ޖަހައިގެން ދައުލަތުގެ ބަޖެޓަށް ވީހައި ގިނަ ފައިސާއެއް ވައްދައިދޭނެ ޖެހޭނެކަން ދޭހަވާ ގޮތަށް ބަޖެޓު ފާސްކޮށްފައި އޮތް ނަމަވެސް ހިތަށް އެރީމަ ހިތަށް އެރިތަނެއްގައި ހިތަށް އެރި ފަހަރަކު ސްޓިކާ ޖެހީމާ މީހުން ކަންބޮޑުވާނެއެވެ.

ޙަޤީޤަތުގައި ޤަވާއިދަށް ބަލައި އެއް އުޞޫލަކުން ސްޓިކާ ޖަހަމުން ނުގެންދިއުމަކީ ވެސް މައްސަލަ ޙައްލުނުވެ ދިގުލައިގެންދާ ސަބަބެކެވެ.

މިއަދު އޮންލައިން