މަސްތުވާތަކެއްޗާއެކު މީދޫން މީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 34ސ
މަސްތުވާތަކެއްޗާއެކު  މީދޫން މީހަކު ހައްޔަރުކޮށްފި

ރ.މަސްތުވާތަކެއްޗާއެކު  މީދޫން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މީދުއަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

މި މާރިޗު މަހުގެ 11 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަންގައި އެރަށު މަގުމަތިން އޭނާ ފުލުހުންގެ ބެލުމުގެދަށަށް ގެންނަން މަސައްކަތް ކުރުމުން އޭނާގެ އަަތުގައި އޮތް އެއްޗެއް އެއްލައިލުމުން އޭނާގެ ހާޟިރުގައި އެތަކެތި ނަގައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 52 ކަރުދާސްކޮޅު ފެނިފައިވެއެވެ

މިއަދު އޮންލައިން