އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު، އެމަހުގެ 18 ގައި ބޭއްވުމަށް ފަސްކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިފަދައިން ނިންމީ، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 ރާއްޖޭގައި ވެސް މިހާރު ފެތުރެމުން ދިޔުމާއި ގުޅިގެން، ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަކަށެވެ.
ކައުންސިލް އިންތިހާބު އީސީން ފަސްކޮށްފައިމިވަނީ، ކޮވިޑް 19 އާއި ގުޅިގެން އެއިންތިހާބު ފަސްކުރުމަށް ގިނަ ބަޔަކު ގޮވާލަމުން ދިޔަ ދަނޑިވަޅެއްގައެވެ.