ކޮރޯނާވައިރަސް ނުވަރަ ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ ވަދެ ނުކުތުމަށް ބޭނުންކުރާ ދޮރުތަކަށް މާދަމާ އިން ފެށިގެން ބަދަލު ގެނައުމަށް އެ ހޮސްޕިޓަލުން ނިންމައިފިއެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މާދަމާއިން ފެށިގެން އެ ހޮސްޕިޓަލުގެ އިމެޖެންސީއަށް ދާ މީހުން ވަނަން ޖެހޭނީ އެމެޖެންސީ ޕޯޓިކޯގައި ހުންނަ މައި ޓްރިއާޖަށް ކަމަށާއި އެތަނުން ޓްރިއާޖު ކުރުމަށްފަހު އެމީހެއްގެ ސިއްހީ ހާލަތަށް ބަލައި، ފަރުވާ ދޭން ދެން އަމަލުކުރަންޖެހޭ ގޮތެއްގެ އިރުޝާދު ދޭނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.
އެމެޖެންސީ ރޫމަށް ވަންނަން އާއްމުކޮށް ބޭނުންކުރާ ކޮރިޑޯ މިހާރު ބަންދު ކޮށްފަ އިވާއިރު ކާޑިއެކް ސެންޓަރަށް ދާން ބޭނުންވާ މީހުން ވަންނަން ޖެހޭނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ދޮރޯށިންނެވެ. އަދި ލެބޯޓަރީއަށް ދެވޭނީ ކަނބާ އައިސަރާނި ހިނގުމުން ވަދެވޭ ދޮރޯށިންނެވެ.
މި ދުވަސްވަރު ކޮންމެހެން ހޮސްޕިޓަލަށް ދާން ނުޖެހޭނަމަ، ހޮސްޕިޓަލަށް ޒިޔާރާތް ނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.