މި ދުވަސްވަރު ފައިނޭންޝަލް ސްކޭމް ހިންގަމުންދާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
މި ދުވަސްވަރު ފައިނޭންޝަލް ސްކޭމް ހިންގަމުންދާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި!

ކޮރޯނާވައިރަސް ނުވަރަ ކޮވިޑް-19 އާއި ގުޅިގެން މި ދުވަސްވަރު ދުނިޔޭގެ ފެންވަރުގައި ފައިނޭންޝަލް ސްކޭމް ހިންގަމުންދާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ ކޯވިޑް-19 އާ ގުޅިގެން ރައްޔިތުންގެ އެތައް ބަޔަކު ކަންބޮޑުވުމެއްގައި އުޅެމުންދާ ދަނޑިވަޅެއްގައި ބައެއް ކުށްވެރިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް އެކިގޮތްގޮތަށް އިންޓަރނެޓް މެދުވެރިކޮށް ފައިނޭންޝަލް ސްކޭމް ހިންގަމުންދާކަމަށް އިންޓަރޕޯލްއިން ވަނީ އިންޓަރޕޯލްގެ ހުރިހާ މެމްބަރު ޤައުމުތަކަށް އަންގާފައިވާ ކަމަށެވެ.

ސަރޖިކަލް މާސްކް އާއި އެހެނިހެން ބޭސްފަރުވާގެ ޑިމާންޑް ބޮޑުވެ މި ތަކެތި ފިހާރަތަކުން ލިބުމުގައި ދަތި ދުވަސްވަރެއްގައި، އިންޓަރނެޓް މެދުވެރިކޮށް ފޭކް ފިހާރަތަކާއި، ވެބްސައިޓްތަކާއި، ސޯޝަލް މީޑިއާ އެކައުންޓްތަކާއި އަދި މިފަދަ ތަކެތި ވިއްކާކަމަށް ދައުވާކުރާ އީ-މެއިލް އެޑްރެސްތައް މިދުވަސްވަރު އިތުރުވެފައިވާކަން އިންޓަރޕޯލްއިން ވަނީ އެންމެންގެ ސަމާލުކަމަށް ގެނެސްފައި ކަމަށް ފުލުހުން ބުނެއެވެ. އަދި އާއްމުން އޮންލައިންކޮށް ގަންނަ މާސްކް އާއި އެހެނިހެން މެޑިކަލް ސަޕްލައިތައް ނުލިބި އެމީހުންގެ ފައިސާތައް އޮންލައިންކޮށް ކުށްވެރިންނަށް ގެއްލޭ މިންވަރު އިތުރުވެފައިވާކަން ފާހަގަކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ މި ދުވަސްވަރު އޮންލައިންކޮށް ތަކެތި ގަންނައިރު އެ ކުންފުންޏާއި ވެބްސައިޓްތަކަކީ ސައްޚަ ވެއިބްސައިޓެއްތޯ ކަށަވަރުކުރެއްވުމަށް އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން