ޑރ. ޝަހީމްގެ ޤުރްއާން ޗެލެންޖަށް ބޮޑު ތަރުޙީބެއް! ނަބީބޭކަލުންގެ ވާހަކަތަކާ ސިޔަރަތުވެސް ގެނެސްދެނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޑރ. ޝަހީމްގެ ޤުރްއާން ޗެލެންޖަށް ބޮޑު ތަރުޙީބެއް! ނަބީބޭކަލުންގެ ވާހަކަތަކާ ސިޔަރަތުވެސް ގެނެސްދެނީ!

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސޢީދުގެ ފޭސްބުކް ޕޭޖްގައި ޢާންމުކޮށް ހުޅުވާލައިގެން މިއަދު ފެށި ޤްރްއާން ޗެލެންޖަށް އަންނަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންނެވެ. މިވަގުތާއި ހަމައަށްވެސް ވަނީ ތަފާތު ޢުމުރުގެ ވަރަށް ގިނަ ބައަކު ކިޔަވައިފައެވެ.

ރާއްޖޭގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު އައު ކަންކަން އަބަދުވެސް ކުރައްވަމުން ގެންދަވާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިފެށްޓެވި ހަރަކާތަކީ ގިނަ ބައަކަށް ގޭގައި ތިބެން ޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި މުޅި ޢާއިލާއަށް އެކަމުގެ ފައިދާ ކުރާނެ ކަމެކެވެ. ކުދިންނާއި ބޮޑެތި މީހުން ކިޔަވަން ފަރިތަކުރާނެއެވެ. ރެކޯޑްކުރާނެއެވެ. އަޕްލޯޑްކުރާނެއެވެ.

ވީމާ ޑރ. ޝަހީމް ފެށްޓެވި މިޙަރަކާތުގެ ސަބަބުން ޢާއިލާތަކަށް ޤުރްއާނާއި ގާތްވުމުގެ ފުރުޞަތު ވަރަށް ބޮޑަށް ލިބިގެންދާނެއެވެ. ލިބިފައިވާ ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ފުރުޞަތު ލިބިގެންދާނެއެވެ. ޑރ. ޝަހީމް މިއަދު ވިދާޅުވެފައިވަނީ މިހާރު ކުރިއަށް ގެންދަވާ "ޤުރްއާން ޗެލެންޖު"ގެ ތެރެއިން ނަބީބޭކަލުންގެ ވާހަކަފުޅުތަކާއި ސިޔަރަތުވެސް ގެނެސް ދެއްވާނެކަމަށެވެ!

އިސްލާމް ދީނަށް ޚިދުމަތް ކުރެވޭނީ އެކަން ކުރުމުގެ ނިޔަތް އޮވެގެންނެވެ. ކަންކަން ކުރުމުގެ ވިސްނުން ވެސް ހުރެގެންނެވެ. ޢަމަލީ ގޮތުން ހީވާގިވެ މުރާލިވެސް ވެގެންނެވެ. ވަކިން ޚާއްޞަކޮށް ގޮންޖެހުންތަކާއި ކުރިމަތިލާން ކެރިގެންނެވެ. ޑރ. ޝަހީމް އަބަދުވެސް ގެންދަވަނީ އެކަންކަމުގައި ނަމޫނާ ދައްކަވަމުންނެވެ!

 

މިއަދު އޮންލައިން