"ސޯޝަލް މީޑިއާ ކީރިތި ޤުރްއާނުން ފުރައިލުމަށް" ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އޭނާގެ ފޭސްބުކްގައި ކުރިއަށް ގެންދަވާ "ޤުރްއާން ޗެލެންޖުގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ އިމާމް އިމާމް މުފްތީ މެންކް ބައިވެރިވެވަޑައިގެން ކިޔަވާ ވިދާޅުވެއްޖެއެވެ.
މިހާރުވެސް ވަރަށް ގިނަ ބައަކު ބައިވެރިވެފައިވާ މިޙަރަކާތުގައި މިއަދުވެސް ވަނީ ގިނަ ބައަކު ބައިވެރިވެފައެވެ.
ޑރ. ޝަހީމް ފެށްޓެވި މިޙަރަކާތުގެ ސަބަބުން ކީރިތި ޤުރްއާން ކިޔެވުމަށް ގިނަ ޢާއިލާތަކުގެ ސަމާލުކަން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ! ކުޑަކުދިން ކިޔުއްވައި ޕޯސްޓް ކުރުމަށް ޢާއިލާގެ ގިނަ ބައަކު ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މުބާރާތްތައް ބޭވުމުން ރިވެތިކޮށް ކިޔަވަން ޝައުޤުވެރިވާ ފަދައިން މިފަދަ ޙަރަކާތްތަކުގައި ބައިވެރިވުމަށްވެސް ރިވެތިކޮށް ކިޔަވަން ފަރިތަކުރުމުގެ ޝައުޤުވެރިކަން އުފެދިގެންދެއެވެ.
ގުޅުން ހުރި ވީޑިއޯ: