ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19އާ ގުޅިގެން މެލޭޝިއާގައި ނާދެވިފައިތިބި ދިވެހިން ރާއްޖެ ގެނައުމަށް މޯލްޑިވިއަންއިން ބޭއްވުމަށް ހަމަޖެއްސި ފްލައިޓް ފުލްވެ، ބުކިންސް ހެދުން ހުއްޓާލާފައިއެވެ.
މިކަމާގުޅިގެން މޯލްޑިވިއަންއިން ބުނެފައިވަނީ ބޯޓުގެ ޖާގަ ފުލްވެފައިވާތީ ބުކިންސް ހެދުން ހުއްޓާލާފައިވާ ކަމަށާއި، އެހެން ފްލައިޓެއް ހަމަޖެހުމުން އެކަން ހާމަކުރާނެކަމަށެވެ.
330 ޑޮލަރަށް ޓިކެޓް ވިއްކާފައިވާ މޯލްޑިވިއަން ފުލައިޓުގައި 200 ދިވެހިން މާދަމާ ގެނައުމަށް ވަނީ ހަމަޖެހިފައެވެ.