ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެންނަ ފްލައިޓްތަކުގެ ޓިކެޓުގެ އަގު ހެޔޮކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެންނަ ފްލައިޓްތަކުގެ ޓިކެޓުގެ އަގު ހެޔޮކޮށްފި

ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19އާ ގުޅިގެން ރާއްޖެއިން ބޭރުގައި ނާދެވިފައިތިބި ދިވެހިން ރާއްޖެ ގެނައުމަށް މޯލްޑިވިއަންއިން ބާއްވާ ފްލައިޓްތަކުގެ ޓިކެޓުގެ އަގު ހެޔޮކޮށްފިއެވެ.

މިކަމާގުޅިގެން މޯލްޑިވިއަންގެ ޕީއާރް އަދި ކޮމިނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށް ބާއްވާ ފްލައިޓުތަކުގެ އަގާ ގުޅިގެން ޝަކުވާތައް ލިބެމުން އަންނަ ކަމަށާއި މިހާރު އަގުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. 

މިހާރު ހެޔޮކުރި އަގުތަކަށް ބަލާއިރު ކޮލޮމްބޯ އަށް ނަގަނީ 220 ޑޮލަރެވެ. ކޮޗިން 149 ޑޮލަރު ނަގާއިރު ޓްރިވެންޑްރަމް 199 ޑޮލަރު ނަގައެވެ. އަދި މެލޭޝިއާ އަށް ނަގަނީ 330 ޑޮލަރެވެ.

މެލޭޝިއާ ފިޔަވައި އެހެން މަންޒިލްތަކުގެ ޓިކެޓުން ވަނީ ބޮޑު ތަނުން ކުޑަކޮށްފައެވެ. އެހެން ނަމަވެސް މެލޭޝިއާ ޓިކެޓުގެ އަގު ހެޔޮކޮށްފައެއް ނުވެއެވެ.

މީގެކުރިން ދިވެހިން ރާއްޖެ ގެނައުމަށް މޯލްޑިވިއަންއިން ބޭއްވި ފްލައިޓްތަކުގެ ޓިކެޓުގެ އަގަށް ބަލާއިރު ކޮލޮމްބޯ އަށް ނަގާފައިވަނީ 300 ޑޮލަރެވެ. އިންޑިއާގެ ކޮޗިން އަށް 260 ޑޮލަރު ނަގާފައިވާއިރު މެލޭޝިއާ އަށް ނަގާފައިވަނީ 330 ޑޮލަރެވެ. 

މީގެއިތުރުން އިންޑިއާގެ ޓްރިވެންޑްރަމްގައި މިވަގުތު ތިބި ދިވެހިން ރާއްޖެ ގެނައުމަށް މޯލްޑިވިއަންގެ ބޯޓެއް އަންނަ ހޮނިހިރު ދުވަހު ވެސް އިންޑިއާއަށް ދާން ވަނީ ހަމަޖައްސައިފައެވެ.

 

މިއަދު އޮންލައިން