އައިޖީއެމްއެޗްގެ ސްޕެޝަލިސްޓް އޮޕީޑީ ހިދުމަތް މެދުކަނޑާލައިފި އެވެ.
އައިޖީއެމްއެޗް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލްގެ ސްޕެޝަލިސްޓް އޮޕީޑީ ހިދުމަތްތަކާއި ބައެއް ކްލިނިކަލް ހިދުމަތްތައް މެދުކަނޑާލާފައި ވަނީ 16 ވާ ބުރާސްފަތި ދުވަސް (މާދަމާ) އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށެވެ.
ނަމަވެސް އައިޕީޑީ ހިދުމަތާއި އެމަޖެންސީ ހިދުމަތްތައް އެ ހޮސްޕިޓަލުން ދެމުން ގެންދާނެ ކަމަށް ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
އާދީއްތަ ދުވަހުން ފެށިގެން އެ ހިދުމަތްތައް ދޭނެ ވަކި ގޮތެއް އަންނަ ހޮނިހިރު ދުވަހު އަންގާނެ ކަމަށް ވެސް އައިޖީއެމްއެޗްގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
ނޫސްބަޔާން: ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް މާލެއިން ދިވެއްސެއް ޕޮޒިޓިވް ވެފައިވުމާއި ގުޅިގެން @MoHmv pic.twitter.com/DD1EFy4Jxz
— IGMH (@igmhmv) April 15, 2020