ކޮވިޑަށް ޕޮޒިޓިވްވި މީހަކު އޭނާގެ ކޮންޓެކްޓުންނާ މުޖުތަމައު ބަލިން ސަލާމަތްކުރަން އެއްބާރުލުން ނުދޭ މައްސަލަ ފުލުހުންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ކޮވިޑަށް ޕޮޒިޓިވްވި މީހަކު އޭނާގެ ކޮންޓެކްޓުންނާ މުޖުތަމައު ބަލިން ސަލާމަތްކުރަން އެއްބާރުލުން ނުދޭ މައްސަލަ ފުލުހުންނަށް!

ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހަކު އޭނާގެ ކޮންޓެކްޓް ޓްރޭސިން ހޯދުމަށް ދޭން ޖެހޭ މައުލޫމާތު ނުދީގެން އޭނާގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި ފުލުހުންނަށް ހުށަހެޅުމުން ވެސް އެމީހާ މައުލޫމާތު ނުދީފިނަމަ އޭނާގެ ޒާތީ މައުލޫމާތު މިރޭ ހާމަކުރާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ. 

މަބްރޫކް ވިދާޅުވީ މި ގޮތުންވެސް އެކަށީގެންވާ އެއްބާރުލުން މިރޭގެ ޕްރެސްގެ ކުރިން ނުލިބިއްޖެނަމަ އެމީހާއާއި ބެހޭ ޒާތީ މައުލޫމާތު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް، ހާމަކުރައްވާނެ ކަމަށެވެ. 

ކޮންޓެކްޓް ޓްރޭސިން އާއި ބެހޭ މައުލޫމާތު ހޯދަނީ އޭނާ ބައްދަލުވި މީހުންގެ ސަލާމަތަށް ކުރަންޖެހޭ ކަންކަން ކުރުމަށާއި ކޮންޓެކްޓުގެ ސަބަބުން ބަލި ފެތުރުމުގެ ފުރުޞަތު ހުއްޓުވަން މަސައްކަތްކުރަން ކަމުގައިވާއިރު ކޮންޓެކްޓް ޓްރޭސިން އަށް ބޭނުންވާ މައުލޫމާތު ނުދިނުމަކީ ކޮންޓެކްޓުން ސަލާމަތްކުރަން ހުރަސް އެޅުމުގެ އިތުރުން ކޮންޓެކްޓުންގެ ސަބަބުން ބަލި ފެތުރުމުގެ ފުރުޞަތު އޮތްކަމެކެވެ. 

މިކމާއި ގުޅިގެން ޕީޖީ ޝަމީމް ވިދާޅުވެފައިވަނީ އެ މީހާ މައުލޫމާތު ނުދިނަސް، އޭނާ ދިއަ ތަންތަނާއި އޭނާއާއި ބައްދަލުވި މީހުންގެ މައުލޫމާތު ފުލުހުންނަށް ހޯދޭނެ ކަމަށާއި އޭނާ ބުނާ ބުނުމާއި ތަހުގީގަށް ހޯދޭ މައުލޫމާތު ދިމާނުވާ ނަމަ، ގާނޫނުލްއުގޫބާތުގެ ދަށުން ގިނަ ދައުވާތަކެއް ކުރެވި، އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ ކަމަށެވެ. އަދި ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ކަންކަމުގައި އެއަށްވުރެ އަދަބު އިތުރަށް ބޮޑު ކުރެވިދާނެ ކަމަށެވެ.

މިއަދު އޮންލައިން