އައިލަންޑް ބެވްރޭޖަސް އިން އުފައްދާ "ތާޒާ" މަރުކާގެ ފެން މާލޭ ސިޓީގެ ގޭގެ އަށް ޑެލިވަރީ ކުރުން މި ވަގުތަށް މެދުކަނޑާލާފައިވާ ކަމަށް ތއެކުންފުނިން ބުނެފިއެވެ.
އެ ކުންފުނީކުންފުނީގެ ބަޔާނމުގައި ބުނެފައިވަނީ އެ ގޮތަށް ނިންމީ، މާލެ ބަންދުކޮށްފައިވާ މި ވަގުތު ގޭގެ އަށް ފެން ގެންގޮސްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ވާތީ ކަމަށާއި ގޭގެއަށް ފެން ގެންގޮސް ދިނުން މެދުކަނޑައިލި ނަމަވެސް މާލެ ސަރަހައްދުގެ ފިހާރަތަކަށާއި ރަށްރަށުން އަންނަ ދޯނިތަކަށް އެ ކުންފުނިން ފެން ފޯރުކޮށްދެވޭހައި އެންމެ ގިނަ އަދަދަކަށް ފެން ފޮރުކޮށް ދެމުން ގެންދާނެ ކަމަށެވެ.
މިފަދަ ފިޔަވަޅެއް އެކުންފުނިން އަޅާފައިވާއިރު ފެންކުންފުނިން ސަޕްލައިކުރާ އިސްކުރު ފެނަކީ ބުއިމަށް އެންމެ ރައްކައުތެރި ގޮތުގައި ތައްޔާރުކުރާ ފެންކަމުގައި ބަޔާންކުރައްވައި ކުންފުނީގެ އެމްޑީ ޝާހް ވަނީ ރައްޔިތުންނަށް ދެއްވަވައިފައެވެ.
#StaySafe #COVID19Maldives pic.twitter.com/jGxZgbwxb6
— Island Beverages Maldives Pvt Ltd (@islandbevmv) April 19, 2020