ސެނެހިޔާއަށް ގެންދެވުނު އިރުވެސް ބަންގްލަދޭޝް މީހާ އޮތީ މަރުވެފަ!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 51ސ
ސެނެހިޔާއަށް ގެންދެވުނު އިރުވެސް ބަންގްލަދޭޝް މީހާ އޮތީ މަރުވެފަ!

އޯޑިއޯން ސަރަހައްދުން ސެނެހިޔާ ހޮސްޕިޓަލަށް ގެންދެވުނު ބަންގްލަދޭޝް މީހާ ގެންދެވުނު އިރުވެސް ވަނީ މަރުވެފައިކަމަށް އޭނާ ބެއްލެވި ޑޮކްޓަރާއި ޙަވާލާދީ އެމްއެންޑީއެފުން ބުނެފިއެވެ. 

އެމްއެންޑީއެފް މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ އޭނާ މޭގައި ރިއްސާތީ އުޅުނު ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. 

ފުލުހުން ބުނީ އޭނާ ވެއްޓިފައި އޮތީ އަސަރީ ގޯޅި ކަންމައްޗަށް ކަމަށާއި އެމީހާއަކީ އުމުރުން 50 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށެވެ. އަދި ފެނިފައިވަނީ މިރޭ 8:30 ހައިއިރު ކަމަށެވެ. 

މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މިއަދު ހެނދުނުންސުރެ އުޅުނީ މޭގައި ރިއްސާތީއެވެ. ނަމަވެސް ގޭހަށް ބޭސްކެއުމުން ރަނގަޅީވީ ކަމަށް ބަލައި ޙާލަތުގެ ގޮތުން މަޑުކުރީއެވެ. މިރޭ އަލުން މޭގައި ރިއްސަން ފެށުމުން އަދި ނޭވާލާން އުނދަގޫވާން ފެށުމުން ޑޮކްޓަރަށް ގެންދަން އިމާރާތުން ބާލައި ނެރުނު ތަނުން އޭނާގެ ޙާލަތަށް ބަލައި އެ ސަރަހައްދުގައި ހުރި ފުލުހަކު އޭނާ ބިންމަތީގައި ބާއްވަން ބުނުމުން ބޭއްވީއެވެ.

 

 

 

މިއަދު އޮންލައިން