ބަންގްލަދޭޝް އަސްކަރީ ފްލައިޓުގަ ބަންގްލަދޭޝްގެ ހަތްދިހަ މީހުން ފޮނުވާލަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
ބަންގްލަދޭޝް އަސްކަރީ ފްލައިޓުގަ ބަންގްލަދޭޝްގެ ހަތްދިހަ މީހުން ފޮނުވާލަނީ!

ނޭޕާލުގައި ތިބި ބައެއް ދިވެހި ޑޮކްޓަރުންނާއި ބަނގްލަދޭޝްގައި ތިބި ދިވެހި ބައެއް ޑޮކްޓަރުންނާއި ބަންގްލަދޭޝް އިން އިން ފޮނުވާ މެޑިކަލް ޓީމުގެ 10 މީހުން ގޮވައިގެން މާދަމާ ރާއްޖެ އަންނަ ބަންގްލަދޭޝްގެ އަސްކަރީ ފްލައިޓުގައި ރާއްޖޭގައި ތިބި ބަންގްލަދޭޝް މީޙުންގެ ތެރެއިން 70 މީހަކު އަނބުރާ ފޮވާލަން ހަމަޖެހިފައިވާ ކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާ:ޅުވެއްޖެއެވެ. 

ޝާހިދު މިރޭ ކުރެއްވި ޓްވީޓުގައި ވަނީ މިފަދަ އިންތިޒާމެއް ހަމަޖައްސަވައި ދެއްވި ކަމަށްޓަކައި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެއްވެސް ޑޮކިޔުމަންޓެއް ނެތި ރާއްޖޭގައި ތިބި ބަންގްލަދޭޝް މީހުންގެ ކަންކަން ހަމަޖައްސަވަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. 

ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައާ އެއްވަރު އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ތިބޭނެ ކަމަށް ލަފާކުރެވޭއިރު މާލެއިން ކޮރޯނާއަށް މިހައިތަނަށް ޕޮޒިޓިވްވި މީހުންގެ 25 އިންސައްތައަކީ ވެސް ބަންގްލަދޭޝް ގެ ރައްޔިތުންނެވެ. 

ބޭރު ޤައުމުތަކުގެ ރައްޔިތުން ރާއްޖޭގައި މަސައްކަތްކުރުމަކީ ދިވެހި ރައްޔިތުން އަބަދުވެސް ވަރަށް ބޮޑަށް މަރުޙަބާކިޔާ ކަމެކެވެ. ދިވެހިންނަކީ އެއްވެސް ޒަމާނެއްގައި ވަކި ޤައުމެއްގެ ރައްޔިތުން ކަމަސްވުމުން ނިކަމެތިކޮށް ހިތާ ބައެއް ނޫނެވެ. 

ޖެހިގެން އުޅޭ ހަމައެކަނި މައްސަލައަކީ 1990 ގެ މެދުތެރެއިން ފެށިގެން، ކުރީގެ އެސްޓީއޯ އިމާރާތުގައި 5 މިނިސްޓަރީ އެއްކޮށްލައި ބޮޑު ބިޔަ މިނިސްޓްރީއެއް ހިންގަން ފެށީންސުރެ އެމިނިސްޓްރީ އާއި ބިދޭސީންގެ ކަންކަން ބަލަހައްޓަން ޙަވާލުކުރީންސުރެ ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ބަންގްލަދޭޝް މީހުންނަށް އުޅުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލާފައި އޮތުމުން އެކަން މިއަދު ކޮންޓްރޯލުން ނެއްޓިގެން ގޮސްފައިވާ ކަމެވެ. އެ ޖަރީމާ ހިންގުމުގައި އެންމެ އިސްކޮށް ތިބި ބައެއް މީހުން މިހާރުވެސް ސިޔާސީ މަޤާމުތަކުގައި ތިބިކަމެވެ. 

ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވާން ޖެހެނީ ރާއްޖޭގައި ޤާނޫނާއި ޚިލާފަށް ތިބި ބިދޭސީންނަށް އެގޮތަށް ތިބެ މަސައްކަތްކޮށް އާމްދަނީ ހޯދައި އެމީހުންގެ ޤައުމަށް ފޮނުވުމުގެ ފުރުޞަތު މިހާރުވެސް އޮތް އިރު އެމީހުންގެ ސަބަބުން ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާ ބޮޑުވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރާއި ފުލުހުންގެ ފަރާތުން ދާދިފަހުން ވެސް ހާމަކޮށްފައިވާތީއެވެ! 

ވައިގެ ދަތުރުތައް ބަންދުވުފައި އޮތް އިރެއްގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ތިބި ބަންގްލަދޭޝް މީހުން އެ ޤައުމުން އަންނަ ބޯޓުފަހަރުގައިވެސް މަނަވަރު ފަހަރުގައިވެސް މިލިޓަރީ މަތިންދާ ބޯޓުތަކުގައިވެސް އަނބުރައި ފޮނުވޭނެ ގޮތެއް ހަދަން މަސައްކަތްކުރަން ރައްޔިތުން އެދެމުން ގެންދަނީ އެމީހުންގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރއްކާ އޮތުމުންނެވެ. 

ފުލުހުންނާއި ސިފައިން އެކަމެއްގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމަކަށް އެންމެ ބޮޑަށް ކަންބޮޑުވާން ޖެހޭނީ ވެސް ސަރުކާރަށްކަން ފާހަގަކުރެވެއެވެ! 2009، 2010 ގައިވެސް ކަލާފާނު ސްކޫލާއި ހެންވޭރު ސްކޫލް ހުރި ސަރަހައްދުގައި މޭޒުތަކެއް ބަހައްޓައިގެން ޤަވާއިދާއި ޚިލާފަށް އެއިރު ތިބި މީހުންގެ ނަން ނޯޓުކުރިއެވެ.

މިއަދު އޮންލައިން