ރާއްޖެއިން ފޮނުވަނީ ބަންގްލަދޭޝްގެ ކޮން ބައެއް ކަމާއިމެދު ކަންބޮޑުވުން އުފެދިއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
ރާއްޖެއިން ފޮނުވަނީ ބަންގްލަދޭޝްގެ ކޮން ބައެއް ކަމާއިމެދު ކަންބޮޑުވުން އުފެދިއްޖެ!

ދިވެހި ޑޮކްޓަރުންނާއި ބަންގްލަދޭޝް އިން އަންނަ މެޑިކަލް ޓީމް ގޮވައިގެން ރާއްޖެ އަންނަ އަސްކަރީ ފްލައިޓްގައި އަނބުރައި ފޮނުވާލަން އުޅެނީ ކޮން ބައެއް ކަމާއިމެދު ސުވާލު އުފެދިއްޖެއެވެ.

އެ ފަދަ ސުވާލެއް އިފެދުނީ "ރާއްޖޭގައި ވަޒީފާ އަދާކުރާ ބަންގްލާދޭޝް މީހުންގެ ތެރެއިން، އެނބުރި ގައުމަށް ދާން ބޭނުންވާ މީހުންގެ ތެރެއިން، ވިސާނެތި ޕާސްޕޯޓް އަތުގައި ހުރި މީހުން ބަންގްލާދޭޝް ހައިކޮމިޝަނުގައި މިއަދު 2:00ގެ ކުރިން ރަޖިސްޓްރީވާން" ބަންގްލަދޭޝް ހައިކޮމިޝަނުން އިއުލާނުކުރުމުންނެވެ.

އިކޮނޮމިކް މިނިސްޓްރީން ހުޅުވައިލި ފުރުޞަތުގައި 800 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ވެގެން އެބަތިބި ކަމާއި އެއިގެ ތެރެއިން 137 މީހުންނަކީ އަތުގައި ޕާސްޕޯޓް/ލިޔުންތައް ހުރި މީހުންކަމަށް އިކޮނިމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ކަންކަން ހިނގަމުން ދަނީ ދެ ސަރުކާރުގެ މެދުގައި ކިހައިވަރަކަށް މަޝްވަރާކުރެވިގެން ކަމާއި ފޮނުވާލެވެން މިއުޅެނީ ކޮން ބައެއް ކަމާއި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ވި މީހުންނަށް ފުރުޞަތު ނުލިބެނީ ކަމާއި މިފަދަ އެތައް ކަމަކަށް އަނެއްކާވެސް އިތުރު ސުވާލުތަކެއް އުފެދުނީއެވެ.

މިއަދުނޫހުގައި ރޭ ޝާއިޢުކުރި ލިޔުމަކުން:

ބޭރު ޤައުމުތަކުގެ ރައްޔިތުން ރާއްޖޭގައި މަސައްކަތްކުރުމަކީ ދިވެހި ރައްޔިތުން އަބަދުވެސް ވަރަށް ބޮޑަށް މަރުޙަބާކިޔާ ކަމެކެވެ. ދިވެހިންނަކީ އެއްވެސް ޒަމާނެއްގައި ވަކި ޤައުމެއްގެ ރައްޔިތުން ކަމަސްވުމުން ނިކަމެތިކޮށް ހިތާ ބައެއް ނޫނެވެ.

ޖެހިގެން އުޅޭ ހަމައެކަނި މައްސަލައަކީ 1990 ގެ މެދުތެރެއިން ފެށިގެން، ކުރީގެ އެސްޓީއޯ އިމާރާތުގައި 5 މިނިސްޓަރީ އެއްކޮށްލައި ބޮޑު ބިޔަ މިނިސްޓްރީއެއް ހިންގަން ފެށީންސުރެ އެމިނިސްޓްރީ އާއި ބިދޭސީންގެ ކަންކަން ބަލަހައްޓަން ޙަވާލުކުރީންސުރެ ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ބަންގްލަދޭޝް މީހުންނަށް އުޅުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލާފައި އޮތުމުން އެކަން މިއަދު ކޮންޓްރޯލުން ނެއްޓިގެން ގޮސްފައިވާ ކަމެވެ. އެ ޖަރީމާ ހިންގުމުގައި އެންމެ އިސްކޮށް ތިބި ބައެއް މީހުން މިހާރުވެސް ސިޔާސީ މަޤާމުތަކުގައި ތިބިކަމެވެ.

ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވާން ޖެހެނީ ރާއްޖޭގައި ޤާނޫނާއި ޚިލާފަށް ތިބި ބިދޭސީންނަށް އެގޮތަށް ތިބެ މަސައްކަތްކޮށް އާމްދަނީ ހޯދައި އެމީހުންގެ ޤައުމަށް ފޮނުވުމުގެ ފުރުޞަތު މިހާރުވެސް އޮތް އިރު އެމީހުންގެ ސަބަބުން ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާ ބޮޑުވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރާއި ފުލުހުންގެ ފަރާތުން ދާދިފަހުން ވެސް ހާމަކޮށްފައިވާތީއެވެ!

ވައިގެ ދަތުރުތައް ބަންދުވުފައި އޮތް އިރެއްގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ތިބި ބަންގްލަދޭޝް މީހުން އެ ޤައުމުން އަންނަ ބޯޓުފަހަރުގައިވެސް މަނަވަރު ފަހަރުގައިވެސް މިލިޓަރީ މަތިންދާ ބޯޓުތަކުގައިވެސް އަނބުރައި ފޮނުވޭނެ ގޮތެއް ހަދަން މަސައްކަތްކުރަން ރައްޔިތުން އެދެމުން ގެންދަނީ އެމީހުންގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރއްކާ އޮތުމުންނެވެ.

ފުލުހުންނާއި ސިފައިން އެކަމެއްގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމަކަށް އެންމެ ބޮޑަށް ކަންބޮޑުވާން ޖެހޭނީ ވެސް ސަރުކާރަށްކަން ފާހަގަކުރެވެއެވެ! 2009، 2010 ގައިވެސް ކަލާފާނު ސްކޫލާއި ހެންވޭރު ސްކޫލް ހުރި ސަރަހައްދުގައި މޭޒުތަކެއް ބަހައްޓައިގެން ޤަވާއިދާއި ޚިލާފަށް އެއިރު ތިބި މީހުންގެ ނަން ނޯޓުކުރިއެވެ. ނަމަވެސް އެންމެ މީހަކުވެސް ޤަވާއިދަށް ފެއްތުނުކަން ނުވަތަ ފޮނުވައިލެވުނުކަން ހާމަކޮށްފައެއް ނުވެއެވެ. ވީމާ ނަން ނޯޓުކުރުން ވެފައި އޮންނަނީ އަބަދުވެސް ކުރާ ކަމަކަށެވެ.

މިއަދު އޮންލައިން