ގޮއިދޫ ދަނޑުތަކަށް ދިން ގެއްލުން ޓެރަރިޒަމްގެ އަމަލަކަށްވުރެ ނުބައި!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 17ސ
ގޮއިދޫ ދަނޑުތަކަށް ދިން ގެއްލުން ޓެރަރިޒަމްގެ އަމަލަކަށްވުރެ ނުބައި!

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ބަނޑަށް ޖެހުމުގެ ބިރުވެރިކަން އޮތް މިފަދަ ދުވަސްވަރެއްގައި ބ. ގޮއިދޫ ދަނޑަކަށް ގެއްލުންދީ އެދަނޑުގައި ހުރި ތަކެތި ކޮށައި ހަލާކުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. 

މިކަމާއި ގުޅިގެން އެރަށު މީހަކު ބުނީ މިއީ އެންމެން ގުޅިގެން އެކުގައި ނުކުމެ ދަނޑުވެރިކަން ކުރަން ޖެހިފައިވާ ދުވަސްވަރެއް ކަމަށާއި އެކަކު ހައްދާތަކެތި އަނެކަކު ހަލާކުކުރަންވީ ވަގުތު ނޫން ކަމަށެވެ. އަދި ކިތަންމެ ގަދައަށް ރުޅި އައި ނަމަވެސް މިފަދަ ދަތިކަން އޮތް ދުވަސްވަރެއްގައި ދަނޑުތަކަށާއި ކާބޯތަކެއްޗަށް ގެއްލުން ދީގެން ނުވާނެ ކަމަށެވެ. 

"އަޅުގަނޑު ދެކޭ ގޮތުގަ އިހަށް ރޭ މަހިބަދޫގަ އެ ހިންގި ޓެރަރިޒަމްގެ އަމަލަށްވުރެ މާބޮޑު ޓެރަރިޒަމްގެ އަމަލެއް މިއީ. މިއީ ހަމަ ބޮޑު ޓެރަރިސްޓަކު ނޫނީ މިފަދަ ވަގުތަކު ނުކުރާނެ ކަމެއް! އަޅުގަނޑު މިހުރީ ރައްޔިތުންނާއިއެކު ނުކުމެ އެ ބޮޑު އެޓެރަރިސްޓް އަތުލައިގަންނަން މަސައްކަތްކުރަން ތައްޔާރަށް! ފުލުހުންނާ ރައޔިތުން ގުޅިގެން ހޯދަން ނުކުތީމް ފެންނާނެ! އިރާދަކުރެއްވިއްޔާ!" ގޮއިދޫން ވާހަކަދެއްކި މީހަކު ބުނެފައިވެއެވެ!

 

މިއަދު އޮންލައިން