ބޭރު މީހުން ބަލާ ގަތަރު އެއާވޭސްގެ ބޯޓެއް މާދަމާ ރާއްޖެ އަންނަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
ބޭރު މީހުން ބަލާ ގަތަރު އެއާވޭސްގެ ބޯޓެއް މާދަމާ ރާއްޖެ އަންނަނީ!

ރާއްޖެއިން ނުފުރި ތިބި، މީހުން ބަލާ ގަތަރު އެއާވޭސްގެ ފްލައިޓެއް މާދަމާ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ ރާއްޖޭގައި ތިބި ޓޫރިސްޓުންނާއި ބިދޭސީ މުވައްޒަފުން އަދި އެހެން މީހުން ބަލާ އަންނަ ގަތަރު އެއާވޭސްގެ ފްލައިޓް ކިއު އާރު 675 މާލެ އިން ފުރާނީ މާދަމާ ހަވީރު 3:00 ޖަހާއިރު ކަމަށެވެ. 

މި ފްލައިޓުން ޓިކެޓް ނަގާފައިވާ ފަރާތް ތަކުން އަމަލު ކުރަން ޖެހޭ ގޮތް އަންގާފައިވާނެ ކަމަށާއި އަދި އެ ސާކިއުލާގައި އަންގާފައިވާ މައުލޫމާތުގެ ތަފްސީލްތައް މިރޭ 12 ޖެހުމުގެ ކުރިން އެ މިނިސްޓްރީ އަށް އަންގަން ވަނީ އެދިފައެވެ.

 

 

މިއަދު އޮންލައިން