މައްކާގައި އެކަނި ވެސް 402 މީހުން އަލަށް ޕޮޒިޓިވްވެ ސައުދީގައި ޕޮޒިޓިވްވި މީހުންގެ ޢަދަދު
10،484 އަށް އަރައިފިއެވެ.
ސައުދީ ގެޒެޓުގައި ހޯމަ ދުވަހު ޝާއިޢުކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަދިއިރު ތެރޭގައި 1122 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. 6 މީހުން މަރުވެ ބަލީގައި މަރުވި މީހުންގެ ޢަދަދު 103 އަށް ވަނީ އަރައިފައެވެ.
މަރުވި މީހުންގެ ތެރޭގައި 23 އަހަރާއި 70 އަހަރާއި ދެމެދުގެ މީހުން ހިމެނޭ ކަމަށާއި ގިނައީ ނޭވާލާ ނިޒާމުގެ ބަލިތައް ހުރި މީހުންކަން ފާހަގަކުރެވެއެވެ.
ސައުދިޢަރަބިޔާއަކީ ޑޮކްޓަރުންނާއި ވަސީލަތްތައް ބޭނުންވަރަކަށް ލިބެން ހުރި ޤައުމެކެވެ. އެހެންކަމުން ރާއްޖެ ފަދަ ދަތިތައް ހުރި ޤައުމެއްގައި ބަލިން ރައްކައުތެރިވުމަށް ރައްޔިތުން މަސައްކަތްކުރަން ޖެހޭނެ މިންވަރު ފާހަގަކޮށް އެއްބާރުލުން އިތުރުކުރަން މަސައްކަތްކުރަން ޖެހޭ މިންވަރު ފާހަގަކުރެވެއެވެ.