ގޭގަ ތިބެގެން މަސައްކަތް ކުރެވެން ތިބި މީހުންނަށް މަގުފަހިކޮށްދިނުން ކީއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ގޭގަ ތިބެގެން މަސައްކަތް ކުރެވެން ތިބި މީހުންނަށް މަގުފަހިކޮށްދިނުން ކީއްތޯ؟

ގޭގައި ތިބެގެން އެމީހުން ކުރާ މަސައްކަތުން ފައިސާ ހޯދާ މީހުން ވަރަށް ގިނައެވެ. އެއިގެ ތެރޭގައި ގިނައީ އަންހެނުންކަން ވެސް ފާހަގަކުރެވެއެވެ.

ކުއްލިއަކަށް ލޮކްޑައުންގެ ޙާލަތައް ދިމުން ތިނޯސް، ބަރަނި، ފޮތި މިނޫންވެސް ބައެއް ތަކެތި އިތުރަށް ހޯދިފައި ނެތުމުން މަސައްކަތް ހުއްޓިފައި ގިނަ ބައަކު މިއަދު އެބަތިބިކަން ފާހަގަކުރެވެއެވެ.

އެފަދަ ބައެއް މީހުން ބުނަނީ ގޭގައި ތިބެންޖެހިފައިވާއިރު ކުދި ހެދުމާއި ބާލީސް އުރަ އާއި އެނޫންވެސް ބައެއް ތަކެތި ހެދުމުގެ ފުރުޞަތު ލިބިއްޖެ ނަމަ ޢާންމު ޙާލަތަކަށް ދެވޭއިރު އެކަށީގެންވާ ވަރަށް ތަކެތި އަތުގައި ހުންނާނެ ކަމަށެވެ. އަދި މިހާރުވެސް ތުއްތު ކުދިންގެ ހެދުން ފަދަ މުހިންމު ތަކެއްޗަށް އެދެމުން އަންނަ ކަމަށެވެ. އޯޑަރުތައްވެސް ލިބޭ ކަމަށެވެ.

"އަޅުގަނޑުމެން މިދަންނަވަނީ ކުއްލިއަކަށް މިއަދު ފުރުޞަތު ދެއްވުމަކަށް ނޫން. ދެއްވެން އޮތް އެންމެ އަވަހަކަށް މަހަކު އެންމެ ދުވަހެއް ނަމަވެސް އަޅުގަނޑުމެންގެ އުފެއްދުންތެރިކަމަށް ބޭނުންވާ ތަކެތި ގަނެލެވޭނެ އިންތިޒާމެއް ހަމަ ޖައްސަވައި ދެއްވުމަށް. ކަންމަތީ ފިހާރަތަކަކުން އަޅުގަނޑުމެންގެ މަސައްކަތަށް ބޭނުންވާ މިބާވަތުގެ ތަކެއްޗެއް ނުލިބޭނެ.

ލޮކްޑައުން ދެމިގެން ހިނގައިދާނެ ކިތަންމެ ގިނަ ދުވަހަކަށްވެސް. މިހާރުވެސް ޑޮކްޓަރުން އެވިދާޅުވަނީ 3 މަހަށްވަރު ދެމިގެން ހިނގައިދާނެ ކަމަށް. އެހެންވީމާ މިއީ ވެސް ހަމަ ވިސްނަވައިލެއްވުން އެންމެ ރަނގަޅު ކަމެއްކަމަށް ދެކޭތީ ހަމަ މައުލޫމާތު ހިއްބާކޮށްލީ."

މިއީ މިއަދުނޫހާއި ބަައެއް ބޭފުޅުން ޙިއްބާކޮށްފައިވާ މައުލޫމާތެވެ.

މިއަދު އޮންލައިން