ބޮޑެތި ބިލްބޯޑުހަދައި ހައިވޭތަކުގައި ބަހައްޓައިގެން ރަސޫލް (ޞޢވ)ގެ ހަދިޘްފުޅުތައް އެމެރިކާގައި އިޝްތިހާރުކުރަން ފަށައިފިއެވެ. ޚަބަރުގެ ފޮޓޯގައި އެވަނީ އެމެރިކާގެ ޗިކާގޯގެ ހައިވޭއެއްގައި ބަހައްތާފައިވާ ފޮޓޯއެކެވެ.
އެ ބޯޑުގައި ވަނީ ގިނަގިނައިން އަތް ދޮވުމަށާއި ބަލިފެތުރިފައިވާ ސަރަހައްދަކުން ނުނުކުތުމަށާއި އަދި ބަލި ފެތުރިފައިވާ ސަރަހައްދުތަކަށް ޒިޔާރަތް ނުކުރުމަށް ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވާ ކަމަށެވެ.
ސައިންސްވެރިން ކޮންމެ ގޮތަކަށް ޤަބޫލުކުރި ނަމަވެސް ފެންނަމުން މިދާ ކަންކަމުން ޢިބްރަތް ޙާޞިލުކުރަން ޖެހެއެވެ. ޗިކާގޯގެ މައި އެއާޕޯޓަކާއި ދާދި ގާތުގައި ބަހައްޓާފައިވާ މި ބޯޑުން ޢިބްރަތްތަކެއް ޙާޞިލުކުރަން ޖެހެއެވެ.

އެ ބޮޑު އެމެރިކާ ނިކަމެތިވެ ކުޑަކަކޫ ޖެހިފައިވާ މިންވަރު ކިތަންމެ ރަނގަޅަކަށްވެސް މިފަދަ ކަންކަމުން އެނގިގެންދެއެވެ. މާތް ﷲ އިސްލާމް ދީން މަތިވެރިކުރައްވަވާނެތެވެ. ނުއެނގެނީ ކޮންވަގުތަކު ކޮންގޮތަކަށް ކަމެވެ.