ދުނިޔެއަށް މަޝްހޫރު ބީބީސީ އިން ފުރަތަމަ ފަހަރަށް ބަންގި ދީ އިމާމުންގެ ދީނީ ނަޞޭޙަތް ބްރޯޑްކާސްޓްކުރަން ފަށައިފިއެވެ. މިއީ އިނގިރޭސިވިލާތުގެ މިސްކިތްތައް ބަންދުކޮށްފައި ހުރުމުން ބީބީސީ ރޭޑިއޯ ޗެނެލަކުން ފޮނުވަން ފެށި ޕްރޮގްރާމެކެވެ.
ކޮރޯނާ ވައިރަސް އަތުވެއްޖެއެވެ. ފެތުރިއްޖެ އެވެ. އާދައާއި ޚިލާފް އެތައް ކަމެއް މިދަނީ ފެންނަމުންނެވެ. އެންމެ ފުރަތަމަ ދުނިޔެ ސިއްސުވައިލީ ތާޅަފިލިން ބަންގި ގޮވުން މަނާކޮށްފައި 528 ވަންދެން އޮތް ސްޕޭންގެ ސްޓޭޓެއްގެ މިސްކިތްތަކުގެ މުންނާރުތަކުން ބަންގިގޮވަން ފެށުމުންނެވެ.
އެއަޑު އިވުމުން ސަރަހައްދުގެ މުސްލިމުންނަށް ސިފަވެގެން އުޅެނީ ޤިޔާމަތްވުން ފަދަ ކަމެއް މެދުވެރިވީ ކަމަށެވެ.
