ޚިދުމަތުގަ 3 އަހަރު: ﷲ ގެ ދީން މަތިވެރިކޮށް ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމުގަ ސާބިތުވެ ތިބޭނަން!: ޢިލްމް ޖަމިއްޔާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 21ސ
ޚިދުމަތުގަ 3 އަހަރު: ﷲ ގެ ދީން މަތިވެރިކޮށް ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމުގަ ސާބިތުވެ ތިބޭނަން!: ޢިލްމް ޖަމިއްޔާ

ޢިލްމް ޖަމިއްޔާއަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ޖަމިއްޔާއަށް މަރުޙަބާ ދަންނަވަމެވެ. އެ ޖަމިއްޔާއިން ޝާއިޢުކުރާ ޢިލްމް.އެމްވީ އަކީ ވަރަށް ބޭނުންތެރި މައުލޫމާތުތައް ހާމަކުރަމުން ގެންދާ ނޫހެއްކަންވެސް ފާހަގަކުރަމެވެ. 

ޢިލްމް.އެމްވީ އަކީ މިއަދުނޫހުގެ ލިޔުންތައްވެސް ހާމަކޮށްދޭ ވެބްސައިޓެކެވެ. މިއަދުނޫހުން ވެސް ގެންދަނީ ޢިލްމް.އެމްވީގެ ލިޔުންތައް ޝާޢިޢުކުރަމުންނެވެ. ދެ ނޫހުންވެސް ކުރަނީ އެއްމަސައްކަތެކެވެ. ﷲ ތަޢާލާ މަތިވެރިކޮށް ދީނުގެ މައުލޫމާތު ހާމަކުރުމުގެ މަސައްކަތެވެ. ދުޢާއަކީ ދެ ނޫހުންވެސް ކުރަމުން މިގެންދާ މަސައްކަތުގައި ﷲ ތައާލާ ބަރަކާތް ލެއްވެވުމެވެ. އާމީން

އިސްލާމް ދިޏާއި ދެކޮޅަށް ކޮންމެ ދުވަހަކު އެތައް މިލިއަން ލިޔުންތައް ހާމަކުރަމުން ގެންދާއިރު އިސްލާމް ދީން މަތިވެރިކުރުމަށް ވަނީ ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިކަން ފާހަގަކުރަމުއެވެ.

ތިރީގައި މިވަނީ މިއަދުނޫހާއިވެސް ވަރަށް ގާތްގުޅުމެއް އޮންނަ ޢިލްމް ޖަމިއްޔާއަށް 3 އަހަރު ފުރުން ފާހަގަކޮށް އެ ޖަމިއްޔާއިން މިއަދުނޫހުގައި ޝާޢިޢުކުރަން ފޮނުވާފައިވާ ބަޔާނެކެވެ. 

ޢިލްމް.އެމްވީގެ ބަޔާން: 

ޢިލްމު ޖަމިއްޔާ އުފެދުނުތާ ތިން އަހަރު އަހަރުވެފައިވާއިރު، މި ޖަމިއްޔާއިންވަނީ ދީނީ އަދި އިޖުތިމާޢީ އެތައް ޕްރޮގްރާމެއް ހިންގާފައެވެ. ޢިލްމު ޖަމިއްޔާގެ އެންމެ އަލިގަދަ ޚިދުމަތަކީ ޑިސެމްބަރ 2017 ގައި ލޯންޗުކުރެވުނު ޢިލްމު.އެމްވީއެވެ. މި ވެބްސައިޓްގައި މިހާތަނަށް 1100 އަށްވުރެ ގިނަ އަރޓިކަލްސް ޕަބްލިޝްކުރެވިފައިވާއިރު، މާތް ﷲގެ އިރާދަފުޅާއިއެކު، މިވަގުތު ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުންދާ ދީނީ ވެބްސައިޓަކީ ޢިލްމު.އެމްވީކަން ފާހަގަ ކޮށްލަންޖެހެއެވެ. 

މީގެއިތުރުން ފޭސްބުކުގައި ދިވެހި ބަހުން ހެދިފައިވާ ދީނީ ޕޭޖްތަކުގެ ތެރެއިންވެސް މިހާރު އެންމެ މަޤްބޫލުކަން ބޮޑީ ޢިލްމު ޖަމިއްޔާގެ ފޭސްބުކު ޕޭޖެވެ. އެކި ރޮނގު ރޮނގުން ޒުވާނުންނަށް ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމަށްވެސް މި ޖަމިއްޔާއިން ޚާއްސަ އިސްކަމެއްދެއެވެ. 2018 ވަނަ އަހަރު ޖޫން މަހުގެ ފަހުކޮޅުގައި ބެއްވުނު ފޮޓޯގްރަފީ ވޯކްޝޮޕަކީ މިކަމުގެ ހެއްކެކެވެ. 

ތިބޭފުޅުން ޢިލްމު ޖަމިއްޔާއަށް ކުރާ ޞަދަޤާތުގެ ފައިސާއިން މުޖުތަމަޢަށް ބޭނުންތެރި ތަފާތު ވީޑިއޯތައް ، މާތް ﷲ ގެ ވާގިފުޅާއިއެކު ހެދޭނެއެވެ. މި ވީޑިއޯތައް ބަލާ، ވީޑިއޯތަކުން ލިބޭ މެސެޖްތަކާއި އެއްގޮތަށް ޢަމަލުކުރާ ކޮންމެ މީހެއްގެ ޘަވާބު ތިބޭފުޅުންނަށްވެސް إن شاء الله ލިބޭނެއެވެ. 

رسول الله صلى الله عليه وسلم ޙަދީޘްކުރައްވައިފައިވެއެވެ. ” ހެޔޮ ކަމަކަށް މަގު ދައްކައިފި މީހަކަށް އެކަން ކުރާ މީހާއަށް ލިބޭ ފަދަ އަޖުރާއި ޘަވާބު ހުއްޓެވެ’’. ޢިލްމު ޖަމިއްޔާއިން ޞަދަޤާތުގެ ގޮތުގައި ލިބޭ ފައިސާ ހޭދަކުރާނީ އިސްލާމީ ދަޢުވަތުގެ މަސައްކަތްތަކަށާއި ފޮތް އެކުލަވާލުމާއި ޢިލމީ މަސައްކަތްތައް ޕްރިންޓްކުރުމަށެވެ. މީގެ އިތުރުން ހޭލުންތެރިކަން އިތުރުކުރުމުގެ ވޯކްޝޮޕްތައް ބޭއްވުމަށާއި ޒުވާނުންގެ ހުނަރު އިތުރުކޮށްދޭ ކޯސްތައް ބޭއްވުމަށްވެސް މި ފައިސާއިން ހޭދަކުރެވޭނެއެވެ.

ޢިލްމު ޖަމިއްޔާއަށް ޞަދަޤާތްކުރަންވީ ކީއްވެ؟ •

ޢިލްމުން މުޖުތަމަޢަށް ބޭނުންތެރި އަރޓިކަލްތަކާއި ވީޑިއޯތައް ޝައުޤުވެރިގޮތެއްގައި ގެނެސްދޭތީ • ޒުވާނުންނާއި ޢިލްމުވެރިންގެ މެދުގައި ބަދަހި ގުޅުމެއް އުފެއްދުމަށް ޢިލްމުން މަސައްކަތްކުރާތީ • ދެމެހެއްޓެނިވި ގޮތެއްގައި ދަޢުވަތުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ނިޒާމެއް ޤާއިމުކުރުމަށް ޢިލްމުން މަސައްކަތްކުރާތީ • ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައިވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަށް ތަބާވާ ޖީލެއް އުފެއްދުމަށް މަސައްކަތް ކުރާތީ • ޢިލްމީ ގޮތުންނާއި ފަންނުވެރިކަމުގެ ގޮތުން ޒުވާނުން އާ ކުރިބޯށިތަކަކަށް ގެންގޮސްދިނުމަށް ޢިލްމުން މަސައްކަތްކުރާތީ އެވެ. 

• ILM MVR : ‎7770000025357 • ILM USD : ‎7770000025358

މިއަދު އޮންލައިން