ރޭގަނޑު ބާކީ ހުންނަ ބަތްކޮޅު ފެނަށް އަޅާފަ ބަހައްޓައިގެން އަނެއް ދުވަހު ކެއިމެވެ! ވަރަށް މީރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ރޭގަނޑު ބާކީ ހުންނަ ބަތްކޮޅު ފެނަށް އަޅާފަ ބަހައްޓައިގެން އަނެއް ދުވަހު ކެއިމެވެ! ވަރަށް މީރު!

އެއީ އެ ޒަމާނެވެ! މިދަންނަވަނީ ކިރިޔާ ހަނދާން ހުންނަން ފެށި ދުވަސްވަރުގެ ވާހަކައެކެވެ. މިހާރުހެން އެއިރު ފްރިޖެއް ނުހުރެއެވެ. ރޭގަނޑު ކައި ނިމިގެން ބާކީ ހުންނަ ބަތްކޮޅު އަނެއް ދުވަހު ފެނުން ނަގައި ހޫނުކޮށްލައިގެން ކައި އުޅުނީމެވެ. ރަހަވެސް ހަމަ ވަރަށް މީރެވެ! 

ލޮބުވެތި މަންމަ އެއިރު އެގޮތަށް ކަންކަން ކުރެއްވީ އެއްވެސް ޙާލެއްގައި އަނެއް ދުވަހު ކައްކާނެ ހަނޑުކޮޅެއް ގޭގައި ނެތިގެނެއްވެސް ނޫނެވެ. އިސްރާފް ކުރުމުގެ ހުރި ނުބައިކަން ވިސްނިލައްވާތީ އިސްރާފް ނުކުރެއްވުމަށެވެ. ދެވަނަ ސަބަބެއް ކަމަށް ޤަބޫލުކުރެވެނީ ދަތި ގުވަހެއް ކުރިމަތިވެ ގޭގައި ކައްކާނެ ހަނޑޫކޮޅެއް ނެތިދާނެ ދުވަހަކަށް ވެސް ދަރިން ތަމްރީނުކުރުމެވެ. 

"ރަމަޟާން މަހަކީ ކެއިންބުއިމުންނާއި ފައިސާއިން އިސްރާފު ކުރުމުން ދުރުހެލިވާންވީ ވަގުތެވެ.  އިސްރާފު ކުރުމަކީ މާތް ﷲ ނުރުއްސަވާ ސިފައެކެވެ. އަދި އިސްރާފު ކުރުމާއި ދުރުހެލި ވެވިއްޖެނަމަ ޞަދަޤާތް ކުރުން އިތުރު ކުރެވިދާނެއެވެ. އަދި އެކަމުން ތިބާއަށް އަޖުރު ލިބޭނެއެވެ." 

މިއީ ޝައިޚް އަޙްމަދު ނާޒިޙް ވިދާޅުވެފައިވާ ނަޞޭޙަތުގެ ބަސްފުޅެކެވެ. އިސްރާފް ކުރާނެ ފައިސާ އަތުގައި ހުރި މީހުންނާއި ފައިސާ ނެތިވެސް އިސްރާފް ކުރެވޭ މީހުން ވިސްނައިލުން ކިތަންމެހައިވެސް މުހިންމު ބަސްފުޅެކެވެ.

މިއަދު އޮންލައިން