ކަންމަތީ ބައެއް ފިހާރަތަކުން ކާޑުގެ އަގުތައް އުފުލައިފި! އެއްޗެއް ނުވިއްކަފާނެތީ ރިޕޯޓްކުރަން ބިރުގަނޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ކަންމަތީ ބައެއް ފިހާރަތަކުން ކާޑުގެ އަގުތައް އުފުލައިފި! އެއްޗެއް ނުވިއްކަފާނެތީ ރިޕޯޓްކުރަން ބިރުގަނޭ!

ކަންމަތީ ބައެއް ފިހާރަތަކުން ކާޑުގެ ބާވަތްތައް 6 ރުފިޔާއަށް ކިލޯއެއް ވިއްކަމުން ގެންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިއަދުނޫހަށް ވަރަށް އިތުބާރު ކުރެވޭ ބައެއް ފަރާތްތަކުން ބުނެފައިވަނީ މައްސަލަ ރިޕޯޓް ނުކުރަނީ ރިޕޯޓްކޮށްފިނަމަ އެމީހުންނަށް ޚިދުމަތް ނުދީ ޖެއްސުން ކުރާނެތީ އާއި މިހާލަތުގައި އެފަދަ ގޮތެއް މެދުވެރިވެއްޖެ ނަމަ އުޅެން ޖެހޭނެ ދަތިޙާލަށްޓަކައި ކަމަށެވެ.

"އަގުބޮޑުކުރީ ކީއްވެގެންތޯ ސުވާލުކޮށްފިނަމަ ބުނަނީ ތިމަންނަމެން ކާޑު މިހާރު ގެންނަނީ އެސްޓީއޯ އިން ނޫން ކަމަށް. އެސްޓީއޯ އިން ގެނެސް ނުދޭ ކަމަށް."

އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައި ކާޑުގެ ބާވަތްތައް ވިއްކަން ޖެހޭނެ އެންމެ ބޮޑު އަގު ކަނޑައަޅާފައި ވަނީ އެސްޓީއޯ އިން ސަޕްލައިކޮށްދީފިނަމަ އެއަގަށް ވިއްކަން ޖެހޭ ގޮތަކަށް ނޫނެވެ. ރާއްޖޭގެ ކޮންމެ ތަނަކުން ކޮންމެ ގޮތަކަށް ހޯދައިގެންވެސް އެއަގުތަކަށް ވިއްކަން ޖެހޭ ގޮތަށެވެ.

ކަންމަތީ ބައެއް ފިހާރަތަކުން ބޮޑު އަގުގައި ވިއްކައި ނާޖާއިޒު ފައިދާ ނެގި ނަމަވެސް ބައެއް ފިހާރަތަކަށް ލިބޭ ކާޑުކޮޅު ކޮންޓްރޯލްކޮށް ސަރަހައްދުގެ އެންމެންނަށް ފޯރުކޮށްދީ އަދި ސަރުކާރުން ކަނޑައަޅާފައިވާ އަގުގަ ވިއްކާކަންވެސް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން