ދަރުބާރުގޭގައި މާލީ ވަޒީރު މިއަދު ބާއްވަން ހަމަޖެހިފައި އޮތް ނޫސްވެރިންގެ ބައްދަލުވުން އަންނަ ބުރާސްފަތި ދުވަހަށް ފަސްކުރެވިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
މާލީ ގޮތުން ރާއްޖެއަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ވަގުތެއްގައި މާލީ ވަޒީރުގެ އަރިހުން އޮޅުންފިލުވަން ބޭނުންވާނެ ވަރަށް ގިނަ ކަންކަން އެބަހުރިކަން ފާހަގަކުރެވެއެވެ.
ރާއްޖެއަށް އާމްދަނީ ލިބޭ މަގުތައް ބަންދުވެފައިވާކަން ފާހަގަކުރައްވައި ޚާރިޖީޏ ވަޒީރުވެސް ވަނީ މީގެ 2 ދުވަސްކުރިން ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ.