ކަރައާ ދޮންކެޔޮ އެންމެ ހެޔޮ އަގުގަ - އުފަންވެލިޝޮޕުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ކަރައާ ދޮންކެޔޮ އެންމެ ހެޔޮ އަގުގަ - އުފަންވެލިޝޮޕުން!

ކާބޯތަކެތި އެންމެ ހެޔޮ އަގުގައި ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ވިއްކަމުން ގެންދާ އުފަންވެލި ޝޮޕުން ކަރަ އާއި ދޮންކެޔޮ ވަރަށް ހެޔޮއަގުގައި ވިއްކަން ފަށައިފިއެވެ. 

ރަހަމީރުކަމުން މިހާރުވެސް ވަރަށް ގިނަ ބައެއްގެ މަޤްބޫލުކަން ލިބިފައިވާ "މަޑިހާ ބަނާނާ" އެތެރެކޮށް މާކެޓްކުރާ އުފަންވެލި ޝޮޕުން ރަމަޟާން މަހަށް ޚާއްޞަކޮށްގެން 13.5 ކިލޯގެ ދޮންކެޔޮ ކޭހެއް މިހާރު ވިއްކަނީ 400 ރުފިޔާއަށެވެ. އެއިރުން ކިލޯއެއް އެޖެހެނީ އެންމެ 29.63 އަށެވެ. އަދި ދޮންކެޔޮ ކިލޯއެއް ވަކިން ވިއްކަނީ 40 ރުފިޔާއަށެވެ. 

މީގެ އިތުރުން ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކަރާވެސް މިހާރުވަނީ ވަރަށް ބޮޑަށް އަގުހެޔޮކޮށްފައެވެ. ކަރާ ކިލޯއެއް 15 ރުފިޔާއަށް ވިއްކާއިރު ހޯލްސޭލްކުރަނީ ކިލޯއެއް 12 ރުފިޔާއަށެވެ.

ގިނަ އަދަދެއްގެ ތަރުކާރީ އާއި މޭވާގެ ބާވަތްތަކުގެ އިތުރުން ފިޔާ، އަލުވި، ކުކުޅުބިސް އަދި  އެނޫންވެސް ވަރަށް ގިނަބާވަތްތަކުގެ ކާބޯތަކެތި އުފަންވެލި ޝޮޕުން ވިއްކަނީ ވަރަށް ހެޔޮ އަގުގައިކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން