އިންޑިއާގައި ތިބި ދުވިސައްތަ ދިވެހިން އަންނަ ހަފްތާގައި ރާއްޖެ ގެންނަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
އިންޑިއާގައި ތިބި ދުވިސައްތަ ދިވެހިން އަންނަ ހަފްތާގައި ރާއްޖެ ގެންނަނީ!

އިންޑިއާގެ 9 ސިޓީއެއްގައި ތިބި 200 ދިވެހިން އަންނަ ހަފްތާގައި ރާއްޖެ ގެންނަން ހަމަޖެހިފަިއިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައި ދިވެހިން ގެންނަން ހަމަޖެހިފަިއިވާ 9 ސިޓީއަކީ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާނީ، ޓްރިވެންޑްރަމެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ ފްލައިޓް ޖައްސާ ދެ ސިޓީ ނޫން އެހެން ސިޓީތަކުގައި ތިބި ދިވެހިން، ފްލައިޓް ޖައްސާ ސިޓީތަކަށް ގެންދިޔުމުގައި ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންނާއި ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލް އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. 

މި ފްލައިޓްގައި އަންނަ އެންމެންވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރެވޭނެކަމަށާއި އަދި ކުރިއަށް އޮތްތަނުގައިވެސް އިންޑިއާއަށް މިފަދަ ފްލައިޓްތައް ބާއްވާނެކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.  

މިއަދު އޮންލައިން