ނ. ސޮނޭވާ ޖާނި ރިޒޯޓުގަ މަސައްކަތްކުރާ މުވައްޒިފަކު މޫދަށްވެށްޓި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. ފުލުހުން ބުނެފައިވަނީ އޭނާ މޫދަށް ވެއްޓިފައިވަނީ ރިޒޯޓުގެ ވިލާއެއްގައި މަސައްކަތްކުރަނިކޮށް ކަމަށެވެ.
މިހާދިސާގައި ނިޔާވެފައިވަނީ ބަންގްލަދޭޝްގެ ފިރިހެން ރައްޔިތެއް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.