އިސްލާމް ދީނަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޝައިޚް ޙުސައިން ޔޫސުފް އަވަހާރަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
އިސްލާމް ދީނަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޝައިޚް ޙުސައިން ޔޫސުފް އަވަހާރަވެއްޖެ!

ރާއްޖޭގައި އިސްލާމް ދީން މަތިވެރިކުރުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އައްޝައިޚް ޙުސައިން ޔޫސުފް އަވަހާވެއްޖެއެވެ. 

ޝައިޚް ޙުސައިން ޔޫސުފް އަކީ މަދީނާއިން ކިޔަވާ ވިދާޅުވެގެން ރާއްޖެވަޑައިގަތުމަށްފަހު ޝަރުޢީ ދާއިރާގައި ދިގުމުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރައީސް މައުމޫނުގެ ވެރިކަމުގައި ހައިކޯޓް އުފެއްދުމަށްފަހު އެ ކޯޓަށް ފުރަތަމަ އައްޔަން ކުރެއްވި 2 ގާޒީންގެ ތެރޭގައި ވެސް ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ.

ޝައިޚް ޙުސައިން ޔޫސުފް ވަނީ މީގެ އިތުރުން އެކިފަހަރުމަތިން ދަށު ކޯޓްތަކުގައި ވެސް ފަނޑިޔާރުކަން ކުރައްވައިފައެވެ. އަދި ޝައިޚް ހުސައިން ޔޫސުފް ވަނީ ރައީސް އޮފީހުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވައިފައެވެ. 

ޝައިޚް ޙުސައިން ޔޫސުފް އަކީ ދީނީ ޢިލްމުވެރިންނަށް އެންމެ ބޮޑެތި ގޮންޖެހުންތައް އޮތް ދުވަސްވަރު ވެސް އެއްވެސް ވަރަކަށް ޖެހިލުންވެވަޑައިނުގެން ސާބިތުކަމާއިއެކު ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. އަދި ދިވެހި ވަރަށް ގިނަ ދަރިވަރުންނަށް ދީނީ ޢިލްމު ޙާޞިލުކުރަން އެހީތެރިވެވަޑައިގަތުމުގެ އިތުރުން ޝައިޚް ޙުސައިން ޔޫސުފް ވަނީ ވަރަށް ގިނަ ދަރިވަރުންނަށް މަތީ ތައުލީމް ޙާޞިލުކުރުމަށްވެސް އެހީތެރިވެވަޑައިގެން މަގުފަހިކޮށްދެއްވައިފައެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ކަނޑުބޯޓެއްގައި ރާއްޖެއިން ފުރަތަމަ ހައްޖަށް ފޮނުވި މީހުންގެ އިސް ވެރިއަކަށް ވެސް ހުންނެވީ ޝައިޚް ހުސައިން ޔޫސުފްއެވެ. 

ޝައިޚް ޙުސައިން ޔޫސްގެ ބޭފުޅުންތެރޭގައި މަޝްހޫރު ޤާނޫނީ ވަކީލް، ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ހިމެނިވަޑައިގަންނަވައެވެ. 

ޝައިޚް ޙުސައިން ޔޫސްފެ ދީނީ ޚިދުމަތް މުޅި ރާއްޖެއަށްވެސް ލިބިފައިވާއިރު އެންމެ ބޮޑު ޚިދުމަތެއް ފެނިގެންދާނީ އަމިއްލަފުޅު ރަށް ބ. ހިތާދޫން ކަންވެސް ފާހަގަކުރެވެއެވެ. 

ޝައިޚް ޙުސައިން ޔޫށުފް އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާއި އުޅުއްވުމަށްފަހުގައެވެ. 

މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް މިނަވަރު ކުރައްވަވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވަވާށި! އާމީން 

މިއަދު އޮންލައިން