މާލީ ވަޒީރާ ސުވާލުކުރުމުގެ ފުރުޞަތު މިއަދުނޫހަށް ނުދިމުން ނޫސް މެދުވެރިކޮށް ސުވާލު ވަޒީރަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
މާލީ ވަޒީރާ ސުވާލުކުރުމުގެ ފުރުޞަތު މިއަދުނޫހަށް ނުދިމުން ނޫސް މެދުވެރިކޮށް ސުވާލު ވަޒީރަށް!

މާލީ ވަޒީރާއި އިޤްތިޞާދީ ވަޒިރު ބައިވެރިވެވަޑައިގެން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުގެ ފުރުޞަތު މިއަދުނޫހަކަށް ނުދިނެވެ. ނުދިންކަމަށް ދަންނަވަން ޖެހެނީ މާފަހުން ޖޮއިންވި ނޫސްވެރިންނަށް ފުރުޞަތުދިންއިރުވެސް މިއަދުނޫހަށް ނުދީ ލަސްކުރުމުންނެވެ. 

މިއަދުނޫހުންވަނީ އެކަން ފާހަގަކުރުމާއިއެކު ނޫސްވެރިންގެ ބައްދަލުވުމުން ވަކިވެފައެވެ. 

އެހެންކަމުން މިއަދުނޫހުން މިއަދު ކުރަން ބޭނުންވި 2 ސުވާލު ޢާންމުކޮށް ހުޅުވާލައިގެން ކުރަމެވެ! 

މާލީ ވަޒީރަށް!

މަނިކުފާނު އެބަވޭ ވިދާޅުވެފަ މާލީހާލަތު ވެންޓިލާޓަރުގަ އޮތީމަ ބޭސް ނުދީ ފަރުވާ ނުކުރެވޭނެ ކަމަށާ ކޮންމެ ބޭހެއްގަ ވެސް ސައިޑް އިފެކްޓް ހުންނާނެ ކަމަށާ ނަމަވެސް ބޭސް ކެއުން ނުވަތަ ބޭސް ދިނުން ނޫން ގޮތެއް ނެތްކަމަށް! 

ސައިޑް އިފެކްޓް ހުރި ނަމަވެސް ބޭސް ދިނުމަކީ ބޭސްދިނުމުން ބަލިމީހާއަށް ގެއްލުން ލިބޭނެކަން އެނގިހުރެމެ ލިބޭނެ ގެއްލުމަށްވުރެ ކުރާނެ ފައިދާ ބޮޑުވާނެތީ ކުރާ ކަމެއް! 

އެހެންވީމާ 4 ބިލިއަން ރުފިޔާ އިން ސައިޑް އިފެކްޓަށް ކަނޑާފަ ރައްޔިތުންނަށް ފޯރާނެ މިންވަރެއް އަންދާޒާ ކުރެއްވިފަވޭތޯ؟ މިސުވާލުކުރަން މިޖެހުނީ އަންމާލިއްޔަތުގެ ޤާނޫނަށް އަމަލުކުރާކަމަށްބުނާއިރުވެސް 2007 ވަނަ އަހަރުން ފެށިގެން މިހައިތަނަށް ނެރެފައިވާ އޮޑިޓް ރިޕޯޓްތަކުގެ 99% ރިޕޯޓުތަކުން ފެންނަނީ ވއްކަމާ ޚިޔާނާތް ކަމަށްވާތީ! 

ފެނިގެން މިދަނީ ހަދާ ފުރާޅުތަކުން ވާރޭ ވެހި އިމާރާތް ބޭނުންނުކުރެވޭތަން. 4 ބިލިއަނަސް މަޖިލިސް ހުއްދަ ލިބުނުތާ 3 ވަނަ ދުވަސް ހައިތަނަށް ސަރުކާރަށް ސީދާ ވިޔަފާރިވެރިން އަތުން ހަމައަގުގަ ގަންނަމުން އައި ބައެއް ތަކެތި ދެވަނަ މެދުވެރިއަކު މެދުވެރިކޮށްގެން ގަންނަން ފެށިތަން. 

ދެވަނަ ސުވާލެއްގެ ގޮތުން ދަންނަވާލަން ބޭނުންވަނީ 2008 ވަނަ އަހަރުން ފެށިގެން ކޮންމެ ސަރުކާރެއް ބަދަލުވުމުން ވެސް ކުރީ ސަރުކާރުން ވައްކަންކުރި ވާހަކަ ދައްކާތީ، އަދި މިސަރުކާރުން ވެސް ދައްކާފައިވާތީ، 2007 ވަނަ އަހަރުން ފެށިގެން ކޮށްފައި ހުރި ވައްކަންތަކުންނުވަތަ ޚިޔާނާތްތަކުން އެއްވެސް މިންވަރެއް މި ފަދަ ދަތި ދަނޑިވަޅުގައިވެސް ސަރުކާރަށް ލިބޭނެތޯއޭ؟ އެ ފައިސާ ހޯދަން މިސަރުކާރަށް މިހައި ތަނަށް ކުރެވުނީ ކޮން މަސައްކަތެއްތޯއޭ؟

މިއަދު އޮންލައިން