ރޯދައަށް މިހާރުވެސް ތަފާތު ގިނަ ބާވަތްތަކުގެ ކާބޯތަކެތި އެންމެ ހެޔޮ އަގުގައި ވިއްކަމުން ގެންދާ އުފަންވެލި ޝޮޕުން އިންޑިއާގެ މަޝްހޫރު "ބޮމްބޭ ރެޑް އޮނިއަން" ފިޔާ ބަސްތާއެއް 190 ރުފިޔާއަށް ވިއްކަން ފަށައިފިއެވެ.
މިއީ ކިލޯއެއް 10 ރުފިޔާއަށްވުރެވެސް ހެޔޮ އަގަކަށްވާއިރު ވަކިން ކިލޯއެއް ވިއްކަނީ 12 ރުފިޔާއަށެވެ.

އުފަންވެލި ޝޮޕުން ގެންދަނީ ކަރާވެސް ރޯދަމަހަށް ޚާއްޞަކޮށްގެން 25 ކިލޯގެ ބަސްތާއެއް 300 ރުފިޔާއަށް ވިއްކަމުންނެވެ. ކިލޯއެއް ވިއްކަނީ 15 ރުފިޔާއަށެވެ. މީގެ އިތުރުން ރަހްމީރު "މަޑިހާ ބަނާނާ" 13.5 ކިލޯގެ ކޭސް ވިއްކަނީ 400 ރުފިޔާއަށެވެ. އެއީ ކިލޯއެއް 30 ރުފިޔާއަށްވުރެ ހެޔޮ އަގެކެވެ. ވަކިން ކިލޯއެއް ވިއްކަނީ 40 ރުފިޔާއަށެވެ.
ތަރުކާރީ އާއި މޭވާގެ ބާވަތްތަކުގެ އިތުރުން ކުކުޅުގެ ބާވަތްތަކާއި ގެރިމަސް ވެސް އެންމެ ހެޔޮ އަގުގައި ވިއްކަމުން ގެންދަނީ އުފަންވެލި ޝޮޕުންކަން ފާހަގަކުރެވެއެވެ.