އުފަންވެލި ޝޮޕުން އިންޑިއާގެ "ބޮމްބޭ ރެޑް އޮނިއަން" ފިޔާ ބަސްތާއެއް 190 ރުފިޔާއަށް، އަދި ކިލޯއެއް 12 ރުފިޔާއަށް ވިއްކަނީ އިއްޔެ ނެރުނު މުޅިން އައު ޝީޕްމަންޓެއްގެ ފިޔާ ކަމަށާއި ފިޔާ މިހާރު ވިއްކާ ހެޔޮ އަގަށް އަގުހެޔޮ ނުކުރެވި ލަސްވީ އޯޑަރުކުރި ޝިޕްމަންޓް ލިބުން ލަސްވުމުން ކަމަށް އުފަންވެލި ޝޮޕުން ބުނުފިއެވެ.
އުފަންވެލި ޝޮޕުން ބުނީ ރަމަޟާން މަސް ފެށެންވާއިރަށް އެފިހާރައިން ވިއްކާ ހުރިހާ ބާވަތްތަކެއްވެސް ވީހައި ހެޔޮ އަގުގައި ވިއްކޭނެ ގޮތް ހަމަ ޖައްސަން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ. އަދި މިއަހަރަކީ ރައްޔިތުންނަށް ދަތިކަން ބޮޑު އަހަރަކަށްވުމުން އެކަމަށް ސަމާލުކަން ދީގެން މަސައްކަތްކުރި ކަމަށެވެ.
"ނަމަވެސް މުޅި ދުނިޔެ ހެން ހުއްޓުމަކަށް އައުމުން ބައެއް ބާވަތްތައް ލިބުން ލަސްވީ މުދައު އަންނަތާ އެތައް ދުވަހެއް ފަހުން ޑޮކިޔުމަންޓް މިލިބެނީ. މިބާވަތުގެ އެތައް ދަތިތަކެއް މިހާރު ދަނީ ދިމާވަމުން."
މިއަހަރުގެ ރަމަޟާންމަހު ފިހާރަތަކުން ކާބޯތަކެތި ވިއްކާ އަގުތަކަށް ބެލި ނަމަވެސް ތަކެތީގެ އަގު އެންމެ ހެވީވެސް އަދި އެންމެ ގިނަ ބާވަތުގެ ކާބޯތަކެތި ހޯލްސޭލްކޮށްނާއި ރީޓޭލްކޮށް ލިބެންހުރީ ވެސް އުފަންވެލި ޝޮޕުންކަން ފާހަގަކުރެވެއެވެ.