އަޑުގަދަކުރާއިން ކީރިތި ޤުރްއާން ޖަހާފައި ބެހެއްޓުން ހުއްދަތޯ؟: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އަޑުގަދަކުރާއިން ކީރިތި ޤުރްއާން ޖަހާފައި ބެހެއްޓުން ހުއްދަތޯ؟: ޑރ. ޝަހީމް

ކީރިތި ޤުރްއާން ބާވައިލައްވަވާފައިވަނީ މީސްތަކުން ކިޔަވައި އަދި އަޑުއެހުމަށެވެ. އެއްވެސް ޙާލެއްގައި އެއިން މީސްތަކުންނަށް އުނދަގޫކުރުމެއް ނެތެވެ. ވީމާ އަޑުގަދަކުރާތަކުން ކީރިތި ޤުރްއާން ޖަހާފައި ބަހައްޓަން ޖެހޭނީ އެ ސަރަހައްދެއްގައި އުޅޭ މީހުންނަށް އެކަމުން އުނދަގޫ ނުވާނަމައެވެ. އަދި އުނދަގޫ ނުވާނެ ގަޑިތަކުގައެވެ. އެކަމަށް އެއްވެސް ބައަކު ޝަކުވާ ނުކުރާނެ ގޮތަށެވެ. 

އެގޮތަށް ކީރިތި ޤުރްއާން އަޑުގަދަކުރާތަކުން ޖަހާފައި ބެހެއްޓުމކީ މައްސަލައެއް ނޫނެވެ. 

ގޭތެރޭގައިވެސް ޤުރްއާން އަޑުގަދަކޮށް ޖަހާފައި ބަހައްޓާނަމަ އަޑުއަހަންވާނެއެވެ. ކީރިތި ޤުރްއާން ޖަހާފައި ބަހައްޓާނަމަ އެކަމަށް ސަމާލުކަން ދޭން ޖެހޭނެއެވެ! އަދި ކީރިތި ޤުރްއާން ޖަހާފައި ހުންނަ ވަގުތުތަކުގައި އެތަނެއްގައި ހީނ، ސަމާސަކޮށް ސަކަރާތްޖެހުން ފަދަ ކަންކަން ކޮށްގެން ނުވާނެއެވެ. އެކަމުގެ ސަބަބުން ކީރިތި ޤުރްއާނަށް އަދާކުރަން ޖެހޭ އަދަބު އަދާނުކުރެވޭނެތީއެވެ.

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މިއަދު އޮންލައިން