އައްޑޫން ޕޮޒިޓިވްވީ ހިތުގެ ފަރުވާއަށް ގެނައިމީހެއް! ގެންދެވޭ ކޮންމެ ބަލިމީހަކީ ކޮވިޑް ޖެހިފަވާ މީހެއް ކަމަށް ނުބަލައި ވާކަށް ނެތް!: ޑރ.ނަޒީމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 36ސ
އައްޑޫން ޕޮޒިޓިވްވީ ހިތުގެ ފަރުވާއަށް ގެނައިމީހެއް! ގެންދެވޭ ކޮންމެ ބަލިމީހަކީ ކޮވިޑް ޖެހިފަވާ މީހެއް ކަމަށް ނުބަލައި ވާކަށް ނެތް!: ޑރ.ނަޒީމް

އައްޑޫ ސިޓީން އައިޖީއެމްއެޗަށް ގެނައުމުން ކުރި ޓެސްޓުން ކޮވިޑަށް ޕޮޒިޓިވްވީ ހިތުގެ ފަރުވާއަށް ގެނައިމީހެއް ކަމަށާއި އެހެންކަމުން ކޮންމެ ހޮސްޕިޓަލަކަށް ގެންދެވުނު ނަމަވެސް، ގެންދެވޭ ކޮންމެ ބަލިމީހަކީ ކޮވިޑް ޖެހިފަވާ މީހެއް ކަމަށް ނުބަލައި މިހާރު ވާންނެތް ކަމަށް ޑރ. ނަޒީމް ވިދާޅުވެއްޖެއެވެ. 

ޑރ. ނަޒީމް މިއަދު ވިދާޅުވީ މިހާރުވެސް އައިޖީއެމްއެޗްގައި ވަނީ ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ކަމަށާއި އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ފިޔަވަޅުތައް ހަރުދަނާކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ. 

އައްޑޫ ސިޓީން ޚަބަރު ލިބެމުންދަނީ ޑޮކްޓަރުންނާއި ނަރުހުން ބޭނުންކުރާނެ ޕީޕީއީ އެކަށީގެންވާ އަދަދަކަށް ނެތް ކަމުގެ ޚަބަރުތަކެވެ.

މިއަދު އޮންލައިން