ބޭރުގެ އިންވެސްޓަރުން ފަދައިން ރާއްޖޭގެ ރިޒޯޓު އޯނަރުންނަށްވެސް ރިޒޯޓުތަކުގަ ތިއްބެވޭނެ!: މަބްރޫކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ބޭރުގެ އިންވެސްޓަރުން ފަދައިން ރާއްޖޭގެ ރިޒޯޓު އޯނަރުންނަށްވެސް ރިޒޯޓުތަކުގަ ތިއްބެވޭނެ!: މަބްރޫކް

ރާއްޖޭގައި އިންވެސްޓްކޮށްފައިވާ ބޭރުގެ އިންވެސްޓަރުންނަށް އެބޭފުޅުންގެ ރިޒޯޓުތަކުގައި ތިއްބެވޭ އުޞޫލުން ދިވަހި އިންވެސްޓަރުންނަށާއި އެބޭފުޅުންގެ ޢާއިލާތަކަށްވެސް ރިޒޯޓުތަކުގައި ތިއްބެވޭނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ. 

މަބްރޫކް މިރޭ ވިދާޅުވީ އެގޮތަށް ރިޒޯޓުތަކުގައި ތިއްބަވާއިރު ޢަމަލުކުރައްވަން ޖެހިވަޑައިގަންނަވާ ޤަވާއިދުތަކެއް އޮންނާނެ ކަމަށާއި އެގޮތަށް ތިއްބަވާ ބޭފުޅުންނަށް ޚިދުމަތް އަރުވަން ޖެހޭނީވެސް އެކަމަށް ކަނޑައަޅާ މަދު ބައަކު ކަމަށެވެ. 

"މިނިސްޓަރ ނަހުލާ ރިޒޯޓަށް ވަޑައިގަތީ އެ އުޞޫލުގެ ތެރެއިން. އަރިހުގަ ވަޑައިގެންނެވި 5 ބޭފުޅުން ވަޑައިގަތީވެސް ހުއްދަނަގައިގެން. ޤަވާއިދާ އެއްގޮތަށް އެކަން ކުރައްވާފަވަނީ!" މަބްރޫކް ވިދާޅުވިއެވެ.

މިއަދު އޮންލައިން