އެޖެންޓުން ޑެމުރޭޖް ފީ ނަގާނަމަ އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅަން މަބްރޫކް ވިދާޅުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
އެޖެންޓުން ޑެމުރޭޖް ފީ ނަގާނަމަ އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅަން މަބްރޫކް ވިދާޅުވެއްޖެ!

ޝިޕިންގ ލައިންތަކުގެ އެޖެންޓުންގެ ގޮތުގައި ޜާއްޖޭގައި މަސައްކަތްކުރާ ބައެއް ކުންފުނިތަކުން މިހާލަތުގައިވެސް ޑެމުރޭޖް ފީގެ ނަމުގައި ވިޔަފާރިވެރިންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގަމުން ގެންދާ މައްސަލަ އިކޮނޮމިކް މިނިސްޓްރީއަށް ހުށްހެޅުމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ. 

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްެރޫކް މިމޭރުމުން ވިދާޅުވީ ކޮވިޑްގެ ޙާލަތާއި ގުޅިގެން ލޮކްޑައުންގައި އޮންނަ މުއްދަތުގައި ރާއްޖެއަށް އެތެރެކުރާ މުދަލުން ޑެމުރޭޖް ފީ ނުނަގާގޮތަށް އެމްޕީއެލް އިން ހަމަޖައްސާފައި އޮތް ނަމަވެސް އަމިއްލަ ބައެއް ކުންފުނިތަކުން ވިޔަފާރިވެރިންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގަމުން ގެންދާ މައްސަލަ އާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައެވެ. 

މިއަދުނޫހަށް މައުލޫމާތު ދެއްވި ބައެއް ވިޔަފާރިވެރިން ވިދާޅުވީ އިތުރަށް ފީ ނެގުމުގައި ހައްދުފަހަނައަޅާފައިވާ ބައެއް އެޖެންޓުން އެބަ ތިބި ކަމަށެވެ. "ޑެމުރޭޖް ފީގެ ނަމުގައި އެބަނަގާ ދުވާލަކަށް 70، 75 ޑޮލަރު. 10 ވަރަކަށް ދުވަސް ވެއްޖެ ނަމަ އެއީ 750 ވަރަކަށް ޑޮލަރު. އެ ފައިސާ އެންމެފަހުން ދައްކަން ޖެހޭނީ މުދައު ގަންނަ ނިކަމެތި ފަޤީރުންނަށް! މިއީ ވަރަށް ހިތާަމހުރި ކަމެއް! މިފަދަ ދަތި ދަނޑިވަޅެއްގައި." 

"ޓްރާންސްޕޯތް އޮތޯރިޓީން މަނާކޮށްފައިވާ ފީތައްވެސް ބައެއް ކުންފުނިތަކުން އެބަ ނަގާ! އެމީހުން ބުނަނީ ޓްރާންސްޕޯޓް އޮތޯރިޓީއަކީ އެމީޙުން ބަލައިގަންނަ ތަނެއް ނޫން ކަމަށް. މުދާ ނެރެވޭނީ ބުނާ ފީއެއް ދެއްކީމަ ކަމަށް! މިކަންކަމުގެ ޗަކުވާ ވަރަށް ކުރެވިއްޖެ އެކި ފަރާތްތަކަށް! އަޅައިލާނެ ފަރާތެއް އަދި ނުފެނޭ!" ވިޔަފާރިވެރިއަކު ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން