އެމްއެޗްއޭގެ ވެރިޔާ، ޙުސައިން ޢަބްދުﷲ އަވަހާރަވީ ޚަބަރު އަޑުއެހީ ވަރަށް ފުން ހިތާމައާއެކުގައެވެ. އެމަނިކުފާނުގެ ފުރާނަފުޅަށް ރަޙުމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ﷲ އަށް ދުޢާ ދަންނަވަމެވެ.
ޙުސައިން ޢަބްދުﷲ އަކީ އެމަނިކުފާނުގެ މުޅި ޙަޔާތްޕުޅުގައި އިސްލާމްދީނަށާއި، ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރެއްވުމަށާއި ތަޢުލީމަށާއި ދީނީ ކަންކަމަށް އަގުނުކުރެވޭ ވަރުގެ ގިނަ ގުނަ ޚިދުމަތްތަކެއްކުރެއްވި ޢިއްޒަތްތެރިއެކެވެ.
އެމަނިކުފާނު ދޫނިޔެ ދޫކުރެއްވުމަކީ ވަރަށް ބޮޑު ހިތާމައެކެވެ. މި ހިތާމަވެރި ވަގުތުގައި އެމަނިކުފާނުގެ ޢާއިލާއަށާއި ށ މަރޮށި ރައްޔިތުންނާއި ށ އަތޮޅު ރައްޔިތުންނަށް އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި ހެޔޮ ދުޢާރައްދު ކުރަމެވެ.
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު