އެތައް ބައަކު އިތުރަށް ހާލުގަ ޖެހިފަވާއިރު މިދިއަ އަހަރުގެ ލިސްޓަށް މިއަހަރު ޒަކާތް ބެހުމަކީ ހަމަޖެހޭ ކަމެއް ނޫން!: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
އެތައް ބައަކު އިތުރަށް ހާލުގަ ޖެހިފަވާއިރު މިދިއަ އަހަރުގެ ލިސްޓަށް މިއަހަރު ޒަކާތް ބެހުމަކީ ހަމަޖެހޭ ކަމެއް ނޫން!: ޑރ. ޝަހީމް

"މިދިއަ އަހަރުގެ ޙާލަތު މިއަހަރުގެ ޙާލަތާއި ތަފާތެވެ! މިހާރު މިވަނީ އެތައް ބައެއްގެ ވަޒީފާ ގެއްލި ފައެވެ. އިތުރަށް އެތައް ބައަކު މިވަނީ ޙާލުގައި ޖެހި ނިކަމެތިވެފައެވެ. 

މިފަދަ ޙާލަތެއްގައި މިއަހަރުގެ ފިޠުރު ޒަކާތް، މިދިއަ އަހަރުގެ ލިސްޓަށް ބަލައިގެން ބެހުމަކީ ޝަރުޢީ ނިޒާމަށް ބަލާއިރު ވެސް ހަމަޖެހޭ ކަމެއް ނޫނެވެ. ދީނީ ކަންކަން ކުރަން ޖެހޭނީ ޙާލަތަށް ރިޢާޔަތްކޮށެވެ."

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު 

ޑރ. ޝަހީމް މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ މިއަަހރުގެ ފިޠުރު ޒަކާތަށް ލިބުނު ފައިސާ ބަހާނީ މިދިއަ އަަހރުގެ ފަޤީރުންގެ ލިސްޓަށް ބަލައިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއްވުމުންނެވެ. 

ޑރ. ޝަހީމް ފާހަގަކުރައްވާފައި އެވަނީ ލޮކްޑައުންގެ ޙާލަތުގައިވެސް އޮންލައިންކޮށް ފުރުޞަތު ހުޅުވާލައިގެން ފަޤީރުންގެ ލިސްޓަށް ބަދަލު ގެނައުމުގެ ފުރުޞަތު އިސްލާމިކް މިނިސްޓްރީއަށް ލިބިފައިވާއިރު އެ ފުރުޞަތު ހުޅުވާލަން ޖެހޭނެކަން ކަމުގައި ފާހަގަކުރެވެއެވެ. 

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ފިޠުރު ޒަކާތް މިއަހަރު ދެއްކި މީހުންގެ އަދަދު މަދު ކަމަށެވެ. އެހެންކަމުން ގިނަ ބައަކު ދަތިޙާލުގައި ޖެހިފައިވާކަން އެނގިގެންދެއެވެ.

މިއަދު އޮންލައިން