މެންބަރުންނަށް ޖަލްސާތަކަށް ދެވޭނަމަ ނަމާދުކުރަން މިސްކިތްތަކަށް ނުދެވޭންވީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
މެންބަރުންނަށް ޖަލްސާތަކަށް ދެވޭނަމަ ނަމާދުކުރަން މިސްކިތްތަކަށް ނުދެވޭންވީ ކީއްވެ؟

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޖަލްސާކުރާ މާލަމަށް ގޮސް ޖަލްސާތަކުގައި މެންބަރުންނަށް ބައިވެރިވެވޭނަމަ ނަމާދުކުރަން މިސްކިތްތަކަށް ނުދެވޭންވީ ސަބަބާއިމެދު ގިނަ ބައަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ. 

މިސްކިތްތައް ބަންދުކުރުމާއިބެހޭ ގޮތުން އިސްލާމިކް މިނިސްޓަރު އެންމެފަހުންވެސް ވިދާޅުވެފައިވަނީ މިސްކިތްތައް ބަންދުކުރަން ދީނީ ޢިލްމުވެރިން ނިންމެވީ ޑޮކްޓަރުން ދެއްވާ އިރުޝާދާއި ގުޅިގެން ކަމަށެވެ. 

މަޖިލީހުގެ އިދާރާގައި ޖަލްސާތައް ބާއްވަން ފަށަން އެއްވެސް ޑޮކްޓަރަކު އިރުޝާދު ދެއްވިކަން އަދި މިހައިތަނަށް އެނގިފައެއް ނުވެއެވެ. 

ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތާއިގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތް ސަރވިސަސް ނެރުއްވާ އަމުރުތައް ނެރުއްވަނީ އެއަމުރަކުން އެއްވެސް މީހަކަށް އަމިއްލައަށް އިސްތިސްނާވެވޭ ގޮތަކަށް ނޫންކަން ޤާނޫނީ ވަކީލުން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.

މިއަދު އޮންލައިން