ޓްވިޓަރގަ ރެޑްވޭވް ސަލީމްގެ ނަމުގަ ފޭކް 2 އެކައުންޓަކުން އެބަ ޓްވީޓްކުރޭ!: ސަލީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ޓްވިޓަރގަ ރެޑްވޭވް ސަލީމްގެ ނަމުގަ ފޭކް 2 އެކައުންޓަކުން އެބަ ޓްވީޓްކުރޭ!: ސަލީމް

ޓްވިޓަރގައި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް، (ރެޑްވޭވް ސަލީމް)ގެ ނަމުގައި ފޭކް 2 އެކައުންޓަކުން ޓްވީޓްކުރަމުން ގެންދާ ކަމަށް ސަލީމް ވިދާޅުވެއްޖެއެވެ. 

ސަލީމް ވިދާޅުވީ މިކަމާއި ގުޅިގެން ޓްވިޓަރގެ ސަމާލުކަމަށް ވެސް އަދި މަޖިލީހުގެ އިދާރާގެ ސަމާލުކަމަށްވެސް މިކަން ގެންނަވާފައިވާނެ ކަމަށެވެ! 

"އަޅުގަނޑު ކުރާ ޒާތުގެ ޓްވީޓް އެންމެންނަށްވެސް އެނގޭނެ. އަޅުގަނޑު އެދެނީ އެކަން އެކުރާ ބައަކު އެކަން ނުކޮށް ހުއްޓައިލުން. މިހާރުވެސް ބައެއް މީހުންގެ ހިތުގަ ސުވާލުތައް އެބަ އުފެދޭ! މިއީ އަޅުގަނޑު ވަރަށް ހިތާމަކުރާ ކަމެއް!" ސަލީމް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން