އަލުން ހުޅުވައިލެވޭނީ ދިވެހިންގެ މަސައްކަތް ދިވެހިންގެ އަތްމައްޗަށް އަންނާނެ އުޞޫލަކަށް!: މޭޔަރ ޝިފާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
އަލުން ހުޅުވައިލެވޭނީ ދިވެހިންގެ މަސައްކަތް ދިވެހިންގެ އަތްމައްޗަށް އަންނާނެ އުޞޫލަކަށް!: މޭޔަރ ޝިފާ

މިހާރު އޮތް ލޮކްޑައުންގެ ޙާލަތަށްފަހު އަލުން ހުޅުވައިލެވޭނީ ދިވެހިންގެ މަސައްކަތް ދިވެހިންގެ އަތްމައްޗަށް އަންނާނެ އުޞޫލަކަށް ކަމުގައި މާލެ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ. 

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާ ވިދާޅުވީ ދިވެހިންގެ މަސައްކަތް އަނބުރާ ދިވެހިންގެ އަތްމައްޗަށް ގެންނަން ބޭނުންވާ ދިވެހި ރައްޔިތުން ވަރަށް ގިނަ ކަމަށެވެ. އަދި ސަރުކާރުންވެސް ބޭނުންވަނީ ދިވެހިންގެ މަސައްކަތްތައް އަނބުރާ ދިވެހިންގެ އަތްމައްޗަށް ގެންދަން ކަމަށެވެ. 

ޝިފާ ވިދާޅުވީ މައްސަލަތައް ކުރިމަތިވެގެން މިއުޅެނީ ކުރިންސުރެ ހަދާފައިވާ ޤާނޫނުތަކަށް ދިވެހިން ޢަމަލުނުކުރުމުން ކަމަށާއި އެކަން ޙައްލުކުރުމަށް ރައްޔިތުންގެ އެހީތެރިކަން ސިޓީކައުންސިލަށް ބޭނުންވާ ކަމަށެވެ. ދިވެހިންގެ މަސައްކަތް ދިވެހިންގެ އަތްމައްޗަށް އަނބުރާ ގެނެވޭނީ ރައްޔިތުން ސިޓީކައުންސިލުގެ އަތުގައި ހިފައި އެއްބާރުލުންދީގެން ކަމަށެވެ. 

ޝިފާ ވިދާޅުވީ ބިދޭސީން މިހާރު ތިބި ތަންތަނުން މަސައްކަތަށް ގެންދާނަމަ މަސައްކަތް ނިމުމުން އަނބުރައި ގެންގޮސް އެމީހަކު ހުންނަ ތަނަކަށް ލާން ޖެހޭނެ ކަމަށެވެ. މާލެތެރޭގައި ހޫރެން ފުރުޞަތުދީގެން ނުވާނެ ކަމަށެވެ.

މިއަދު އޮންލައިން