ޤާނޫނު އަސާސީގަ ހުރި އިސްލާމީ އުޞޫލުތައް ޙިމާޔަތްކުރަން ސަމާލުވުން މުހިންމު!: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ޤާނޫނު އަސާސީގަ ހުރި އިސްލާމީ އުޞޫލުތައް ޙިމާޔަތްކުރަން ސަމާލުވުން މުހިންމު!: ޑރ. ޝަހީމް

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ހުރި އިސްލާމީ އުޞޫލުތައް ޙިމާޔަތްކުރަން ރައްޔިތުން ސަމާލުވެ ތިބުން މުހިންމު ކަމަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޤާނޫނު އަސާސީއަށް ބޮޑެތި ބަދަލު ގެންނަން މަސައްކަތް ކުރެވޭނެ ކަމަށް ޤަބޫލުކުރެއްވޭ ކަމަށާއި މިކަމަށް ވަރަށް ބޮޑަށް ހުޝިޔާރުވާން ޖެހޭނެ ކަމަށެވެ!

ޑރ. ޝަހީމްމިމޭރުމުން ވިދާޅުވެފައި އެވަނީ ދިވެހި ރައްޔިތަކަށް ވެވޭނީ މުސްލިމަކަށްވެގެން ކަމަށް ބަޔާންކުރާ މާއްދާ ނައްތާލަން ވަރަށް ހީލަތްތެރި ގޮތަކަށް މަސައްކަތްކުރާ ކަމުގެ ޚަބަރުތަކެއް ފެތުރިފައިވާކަން ފާހަގަކުރައްވައިކަމަށް ޤަބޫލުކުރެވެއެވެ.

ހަމަ އެކަނި ދިވެހި ދައުލަތުގެ ދީނަކީ ނުވަތަ ރަސްމީ ދީނަކީ އިސްލާމް ދީނަކީ އޮތުމަކުންނުފުދެއެވެ. އެހެނީ ދައުލަތަކީ އެއްވެސް ދީނަކަށް އަމަލުކުރުމުގެ އިޚްތިޔާރު ލިބިގެންވާ އެއްޗަކަށް ނުވެފައި ދީނަށް ޢަމަލުކުރުމުގެ އިޚްތިޔާރު ލިބިގެންވަނީ ރައްޔިތުންނަށް ނުވަތަ މީސްތަކުންނަށް ކަމުގައިވާތީއެވެ.

އިސްލާމީ ބައެއް ޤައުމުތަކުގައި އެ ޤައުމުގެ ރައްޔިތުންގެ ގޮތުގައި އެހެން ދީންތަކުގެ މީޙުން އުޅެއެވެ. ނަމަވެސް އެއީ އެ ޤައުމުތަކުގައި ކުރިންވެސް އެހެން ދީންތަކަށް އުލެމުން އައި މީހުންނެވެ. ރާއްޖެ އިސްލާމް ވީންސުރެ ދާދި ފަހަކާއި ޖެހެންދެން ރާއްޖޭގައި އެފަދަ އެއްވެސް މައްސަލައެއް ނެތެވެ. ރާއްޖޭގެ ރައްޔިތުންގެ ގޮތުގައި ތިބީ ހަމައެކަނި މުސްލިމުންނެވެ.

ޢާންމުންގެ ތެރޭގައި މިފަދަ މޭރުމަކުން ވާހަކަތައް ފެތުރުނު ނަމަވެސް ޤާނޫނު އަސާސީއަށް އެފަދަ ބަދަލެއް ނުގެންނާނެ ކަމުގެ ޔަޤީންކަން މަޖިލީހުގެ ރިޔާސަތުން ގެންދަނީ ދެމުންނެވެ.

"އަޅުގަނޑު ދެކޭ ގޮތުގަ ޤާނޫނު އަސާސީ އާ ކުޅެލަން ރޭގަ (ކުރީ ރޭ) އެކުރީ ޓެސްޓެއް! ކުރިއަށް އޮތް ތަނުގައި ޤާނޫނު އަސާސީއަށް ބޮޑެތި ބަދަލު ގެންނަން މަސައްކަތް ކުރެވޭނެ ކަމަށް ޤަބޫލުކުރެވޭ! މިކަމަށް ވަރަށް ބޮޑަށް ހުޝިޔާރުވާން ޖެހޭނެ! ޚާއްޞަކޮށް ޤާނޫނު އަސާސީގަ ހުރި އިސްލާމީ އުޞޫލުތަކާއިމެދު ސަމާލުވުން މުހިންމު!"

 

މިއަދު އޮންލައިން