އޮފީހުގެ ބޮޑުމީހާއަށް އަނބިމީހާ ދީގެން ހުރިނަމަވެސް ވާނީ ދައްޔޫސަކަށް! ﷲ ގެ ރަޙްމަތުގެ ބެއްލެވުމުން މަޙްރޫމްވެދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
އޮފީހުގެ ބޮޑުމީހާއަށް އަނބިމީހާ ދީގެން ހުރިނަމަވެސް ވާނީ ދައްޔޫސަކަށް! ﷲ ގެ ރަޙްމަތުގެ ބެއްލެވުމުން މަޙްރޫމްވެދާނެ!

ރަސޫލް(ޞޢވ) ގެ ޙަދީޘްފުޅެއްގެ މާނައިގައެިވެއެވެ.

"ޤިޔާމަތް ދުވަހު ﷲ ރަޙްމަތުގެ ނަޒަރުން ﷲ ބައްލަވައިވޮޑިގެން ނުވާ 3 ބައަކު ވެއެވެ. އެއީ މައިންބަފައިންނަށް ނުކިޔަމަންތެރިވާ މީހުންނާއި، ފިރިހެން ހެދިގެން އުޅޭ އަންހެނުންނާއި ދައްޔޫސުންނެވެ."

ދައްޔޫސުންނަކީ ކޮބައިތޯއެވެ؟

އަންހެނުން ދައްޔޫސުންގެތެރެއަކަށް ނުވަދެއެވެ. ދައްޔޫސުންނަށްވުމަކީ ހަމައެކަނި ފިރިހެނުންނަށް ޚާއްޞަވެގެންވާ ސިފައެކެވެ. ސަބަބަކީ އަންހެނުން ނުބައިމަގަކުން ދިއުމުން ސަލާމަތްކުރަން ތިބި ބައަކީ ފިރިހެނުން ކަމަށްވާތީއެވެ. އަނހެނަކު އެފަދަ ނުބައި މަގަކުން ދާކަން އެނގިހުރެ، އަލައިނުލައި، އެކަން ހުއްޓުވަން މަސައްކަތް ނުކުރާ ފިރިހެނުންނަށް ދައްޔޫސުންނެވެ ކިޔެއެވެ. --ޑރ.މިޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިހާރަކަށް އައިސް އޮފީހުގެ ބޮޑުމީހާއަށް އަނބިން ދީގެން ތިބުމަކީ ވަރަށް ޢާންމުކަމެކެވެ. ރޭގަނޑާއި ދުވާލު އޮފީހުގަ އާއި ކޮފީތަކާއި ބޮޑެތި ހޮޓާތަކާ ރިޒޯޓުތަކުގައި އުޅުމަށްފަހު އެވަރުންވެސް ނުވެގެން ރާއްޖެއިން ބޭރަށް އެކުގައި ކުރަންޖެހޭ ދަތުރުތައްވެސް އޮންނަނީ ގިނަވެފައެވެ.

ވަޒީފާ ކިތަންމެ ބޭނުން ނަމަވެސް އަދި ކިތަންމެ މުހިންމު ނަމަވެސް ހިލޭ އަންހެނުން އެކަހެރިވެ އުޅުމާއި އެކުގައި ދަތުރުކޮށް އެއް ހޮޓަލުގައި، އެއްކޮޓަރީގައި ތިބުމަކީ އިސްލާމް ދީން ހުއްދަކުރާ ކަންކަމެއް ނޫނެވެ. އެހެންކަމުން ވަޒީފާ އަދާކުރާއިރު މިކަންކަން މިގޮތަށް ކުރެވޭނެ ގޮތަށް ފުރުޞަތުދީގެން ސިވިލް ސާވިސްގެ ޤާނޫނާއި ވަޒީފާ އާއިބެހޭ ޤާނޫނުތައް ހަދައި ފާސްކޮށްފައި ހުރުމަކީ ކަނޑައެޅިގެން އިސްލާމް ދީނުގެ އުޞޫލުތަކަށް ގޮންޖަހައި ކޮށްފައިވާ ނުބައި ޢަމަލެކެވެ.

މީގެ އިތުރުން ވަޒީފާގެ ކުރިއެރުމާ ސިޔާސީ މަޤާމުތައް ވެސް، ކުރާ މަސައްކަތަށާއި ފެންވަރަށް ނުބަލައި ރުހޭ ބައަކަށް ދެމުން ގެންދިއުމަކީވެސް ބޮޑުމީހާ ނުވަތަ ބޮޑުންގެ ރުހުން ހޯދަން މުވައްޒިފުން އަޅުވެތިވެ ފާހިޟް ޢަމަލުތައް ކުރަން މަޖުބޫރުވާ ސަބަބެއްކަމަށް ބައެއް މުވައްޒިފުން ބުނެފައިވެއެވެ.

 

މިއަދު އޮންލައިން